Advertisement
ކ. މާލެ
|
15 މެއި 2024 | ބުދަ 20:24
ސިންގަޕޫރުގެ އައު ބޮޑުވަޒީރު ލޯރެންސް ވޮންގް
ސިންގަޕޫރުގެ އައު ބޮޑުވަޒީރު ލޯރެންސް ވޮންގް
ރައީސް އޮފީސް
ސިންގަޕޫރުގެ އައު ބޮޑުވަޒީރު
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ އައު ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެއްޖެ
ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ އައު ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސިންގަޕޫރުގެ އައު ބޮޑުވަޒީރުގެ ދައުރުގައި ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، އެކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ. އެގޮތުން ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

Advertisement

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ ސިންގަޕޫރުގެ އައު ބޮޑުވަޒީރުގެ ޒަޢާމަތުގައި، ރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންނާ ދެމެދު އޮތް އެކުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް