ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބުދަ ވިލޭރޭ ރާއްޖެ ވަޑައިގެންފިއެވެ.ނުރަސްމީ ދަތުރުފުޅެއްގައި މުޢިއްޒު، ސިންގަޕޫރަށް ފުރާވަޑައިގަތީ ޖުލައި 31 ވީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.