ކ. މާލެ
|
13 މެއި 2024 | ހޯމަ 14:13
ރަޝިއާގެ ޑިފެންސް މިނިސްޓަރު ސެރްގެއި ޝޮއިގޫ
ރަޝިއާގެ ޑިފެންސް މިނިސްޓަރު ސެރްގެއި ޝޮއިގޫ
ރޮއިޓާސް
ރަޝިއާގެ އައު ސަރުކާރު
ރަޝިއާގެ ދިފާއީ ވަޒީރަކަށް ހުންނެވި ޝޮއިގޫ މަޤާމުން ދުރުކޮށް ސެކިއުރިޓީ ކައުންސިލުގެ ސެކެޓްރީކަން ދީފި
 
އޭނާއަކީ އަބަދުވެސް ޕުޓިންގެ ވަރަށް އަރިސް ބޭފުޅެއް
 
ޝޮއިގޫއާއި ޕުޓިންއަކީ ގިނަ ދުވަހު އެކުގައި މަސައްކަތް ކުރެއްވި ގާތް ދެބޭފުޅުން
 
ޝޮއިގޫއަކީ 2012 ވަނަ އަހަރުން ފެށިގެން ރަޝިއާގެ ދިފާއީ ބާރުގައި ދިފާއީ ވަޒީރުގެ ރޯލު އަދާކުރައްވަމުން ގެންދަވާ ފަރާތް

ރަޝިއާގެ ދިފާއީ ވަޒީރު ސަރގޭ ޝޮއިގޫ މަޤާމުން ވަކިކޮށްފައިވާކަމަށް އެ ޤައުމުގެ ރައީސް އޮފީހުން އިއުލާނުކޮށްފިއެވެ.

އުމުރުފުޅުން 68 އަހަރުގެ ޝޮއިގޫއަކީ 2012 ވަނަ އަހަރުން ފެށިގެން ރަޝިއާގެ ދިފާއީ ބާރުގައި ދިފާއީ ވަޒީރުގެ ރޯލު އަދާކުރައްވަމުން ގެންދަވާ ފަރާތެެވެ.

މި ބަދަލު ގެންނަވާފައިވަނީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ރައީސްކަމުގެ ހުވައިކުރައްވައި އެކުލަވާލެއްވި އައު ސަރުކާރުގައެވެ.

އައު ސަރުކާރުގެ ދިފާއީ ވަޒީރަކަށް އައްޔަނު ކުރައްވާފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަންދުރޭ ބެލޮސޯފްއެވެ.

ދިފާއީ ވަޒީރުގެ މަޤާމުން ޝޮއިގޫ ދުރުކުރިނަމަވެސް، އައު ސަރުކާރުގައި އޭނާއަށް ވަނީ މަތީ މަޤާމެއް ދީފައެވެ. އެއީ ރަޝިއާގެ ސެކިއުރިޓީ ކައުންސިލުގެ ސެކެޓަރީގެ މަޤާމެވެ.

ޝޮއިގޫއާއި ޕުޓިންއަކީ ގިނަ ދުވަހު އެކުގައި މަސައްކަތް ކުރެއްވި ގާތް ދެބޭފުޅުންނެވެ. އަދި އޭނާއަކީ އަބަދުވެސް ޕުޓިންގެ ވަރަށް އަރިސް ބޭފުޅެއް ވެސް މެއެވެ.

މިހާރު ހިނގަމުންދާ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ވެސް އޭނާ ވަނީ މުހިއްމު ރޯލެއް އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް