ކ. މާލެ
|
11 މެއި 2024 | ހޮނިހިރު 12:04
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ
ރާއްޖެއެމްވީ
ކުޑަކުދިންގެ އާބާދީ
މި އަހަރުގެ ކުދިންގެ އާބާދީއަކީ 134،121 ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި
މާލެސިޓީގައި 52،493 ކުދިން ދިރިއުޅެމުން ގެންދާއިރު، 78،011 ކުދިން ދިރިއުޅެމުން ގެންދަނީ އަތޮޅުތެރޭގައި
ރާއްޖޭގައި ކުޑަކުދިންގެ ގޮތުގައި ގިނައީ ފިރިހެން ކުދިން
އެއީ މުޅި އާބާދީގެ 21.7 އިންސައްތަ

އާބާދީގެ އަންދާޒާ ދައްކާގޮތުން 2024 ވަނަ އަހަރުގެ ކުޑަކުދިންގެ އާބާދީއަކީ 134،121 ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުން ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ގޮތުގައި ބަލަނީ 0-17 އަހަރާއި ދެމެދެވެ.

ރާއްޖޭގައި ދިވެހި ކުޑަކުދިންގެ ގޮތުގައި 130،504 ކުއްޖަކު އެބަތިއްބެވެ. އަދި ޖުމްލަ 134،121 ތިބިއިރު، އެއިގެ ތެރެއިން ދިވެހި ކުދިންގެ އަދަދު ހުރީ 130،504 ގައެވެ. އެއީ މުޅި އާބާދީގެ 21.7 އިންސައްތައެވެ.

ރާއްޖޭގައި ކުޑަކުދިންގެ ގޮތުގައި ގިނައީ ފިރިހެން ކުދިންނެވެ. އެއީ ކުޑަކުދިންގެ އާބާދީގެ އިންސައްތައިން ބަލާނަމަ 52 އިންސައްތައެވެ. އަންހެން ކުދިންގެ އިންސައްތައަކީ 48 އެކެވެ.

މީގެ އިތުރުން މާލެސިޓީގައި 52،493 ކުދިން ދިރިއުޅެމުން ގެންދާއިރު، 78،011 ކުދިން ދިރިއުޅެމުން ގެންދަނީ އަތޮޅުތެރޭގެ ރަށްތަކުގައެވެ.

2022 ވަނަ އަހަރު ބޯހިމެނުމުގެ ނަތީޖާއިން ދައްކާގޮތުން މަސައްކަތް ކުރާ އުމުރުުފުރާއަށް ބަރޯސާވާ ކުޑަކުދިންގެ ނިސްބަތަކީ 39 އިންސައްތައެވެ. މީގެ މާނައަކީ ކޮންމެ 100 މަސައްކަތު އުމުރުފުރާގެ މީހާކައަށް 39 ކުޑަކުދިން ބަރޯސާވާކަމެވެ.

2022/2023 ވަނަ އަހަރު ސްކޫލްތަކުގައި ކިޔަވި ކުދިންގެ އަދަދުތަކަށް ބަލާއިރު، ހއ.އަތޮޅުގައި 3813، ށ.އަތޮޅުގައި 3699، ނ.އަތޮޅުގައި 3275، ޅ.އަތޮޅުގައި 2145، ހދ.އަތޮޅުގައި 5961، ރ.އަތޮޅުގައި 4473، ބ.އަތޮޅުގައި 2596، އއ.އަތޮޅުގައި 1991، އދ.އަތޮޅުގައި 2328، ފ.އަތޮޅުގައި 1469، ދ.އަތޮޅުގައި 1761، ތ.އަތޮޅުގައި 2633، ގދ.އަތޮޅުގައި 3175، ގއ.އަތޮޅުގައި 2159، ލ.އަތޮޅުގައި 3582، މ.އަތޮޅުގައި 1245، ވ.އަތޮޅުގައި 406، ކ.އަތޮޅުގައި 3097 އަދި މާލެސިޓީގައި 37463 ކުދިން ކިޔަވަމުން ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް