Advertisement
ކ. މާލެ
|
11 މެއި 2024 | ހޮނިހިރު 09:01
ބިދޭސީންގެ މައުލޫމާތު ނަގަނީ - ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށޭނެ
ބިދޭސީންގެ މައުލޫމާތު ނަގަނީ - ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށޭނެ
ރާއްޖެއެމްވީ
އޮޕަރޭޝަން ކުރަނގި
''އޮޕަރޭޝަން ކުރަނގި'' އިން 500ށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި
ފުރަތަމަ ފޭސްގެ ގޮތުގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރާނެ
މުޅި ރާއްޖޭގައި އޮޕަރޭޝަން ކުރަނގި ކުރިއަށް ގެންދަނީ 3 ފޭސްއަކަށް ބަހާލައިގެން
މި އޮޕަރޭޝަން ފަށާފައިވަނީ 2 މެއި 2024 ވީ ބުރާސްފަތި ހިންމަފުށީގައި

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އޮޕަރޭޝަން ކުރަނގި'' އިން 500ށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފިއެވެ.

މި އޮޕަރޭޝަންއާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އޮޕަރޭޝަން ކުރަނގި މިވަގުތު ހިނގަމުންދަނީ ކ. ހިންމަފުށީގައި ކަމަށާއި، މިހާތަނަށް އެރަށުގައި މަސައްކަތް ކުރަމުންދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރު ފޮޓޯ) ނެގި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށޭނެ ކަމަށެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ 2 މެއި 2024 ވީ ބުރާސްފަތި ހިންމަފުށީގައެވެ. މި މަސައްކަތް ކުރުމުގައި އެރަށުގައި ކައުންސިލުން ދެމުން ގެންދާ އެއްބާރުލުން މިނިސްޓަރު އިހުސާން ފާހަގަކުރައްވާފައިވެއެވެ.

Advertisement

މުޅި ރާއްޖޭގައި އޮޕަރޭޝަން ކުރަނގި ކުރިއަށް ގެންދަނީ 3 ފޭސްއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފޭސްގެ ގޮތުގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރާނެއެވެ. އޭގެފަހުން ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދޭނެ އެވެ. 3 އަހަރު ދުވަހުގެ ތެރޭގައި ދާއިމީ ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ރަޖިސްޓަރ ނުވާ ނުވަތަ އައިޑެންޓިޓީ ނޭނގޭ ސައްހަ ލިޔެކިއުންތައް ނެތް ބިދޭސީން ޑީޕޯޓުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ހުޅުވައިލުމުން އެއްވެސް ޑޮކިއުމެންޓެއް ނެތް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރަޖިސްޓަރީވެސް ވެފައެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ފޮނުވާލަފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް