ކ. މާލެ
|
10 މެއި 2024 | ހުކުރު 13:00
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް
ފިކުރީ ހަނގުރާމާގައި ޒުވާނުންގެ ސިކުނޑިއަށް ކަލަކު ވޮޑިގެންނުވާކަން ވިސްނައިދިނުމަށް ދަނީ މަސައްކަތްކުރަމުން: ޚުތުބާ
ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ހަގީގަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ގިނަ
ކަލަކު ވޮޑިގެންވާކަމުގެ އަނެއް އަލިގަދަ ހެއްކަކީ އަހަރެމެންނާއި މި އާލަމު ވުޖޫދުގައި ވުން
ފެނުމަކީ ނުވަތަ ހިއްސުތަކުން ސީދާގޮތެއްގައި އިހުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ގަބޫލުކުރުމަށް ވާ ޝަރުތެއް ނޫން

ފިކުރީ ހަނގުރާމާގައި ޒުވާނުންގެ ސިކުނޑިއަށް ކަލަކު ވޮޑިގެން ނުވާކަން ވިސްނައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި ﷲ تَعَالَى ލައްވަވާފައިވާ ކަމެކެވެ. އަދި އިންސާނީ ނަސްލުގެ ދިގު ތާރީޚުގެ ހޯދުންތަކަށް ނަޒަރު ހިންގާލާއިރު، ބޮޑެތި ޙަޟާރާތްތަކުން ފެށިގެން ގޮސް ފަރުބަދަތަކުގެ ހޮހޮޅަތަކާއި ޖަންގަލިތަކުގައި ދިރިއުޅުނު، އިންސާނީ ޙަޟާރާތްތަކާ ވަކިވެފައިވާ ގަބީލާތަކަށް ބެލިކަމުގައި ވީނަމަވެސް، އިންސާނުން ފެނިފައިވަނީ ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަލަކަށް އީމާންވާ ބައެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ލައްވަވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ހަގީގަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ގިނަވެފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެ ކަމަށާއި، ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް ކަމަށެވެ. އަދި ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ގާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާގަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ގަބޫލުނުކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ވައްދަމުންދާ ކަމަށެވެ.

އެގޮތުން، ވޮޑިގެންވާ ކަމަށް ތިޔަ ދަޢުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ އެމީހުން ސުވާލުކުރާ ކަމަށާއި، އަދި ނުފެންނަ ނުވަތަ ހިއްސުތަކުން އިހުސާސްނުވާ ތަކެތި ގަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ފެނުމަކީ ނުވަތަ ހިއްސުތަކުން ސީދާގޮތެއްގައި އިހުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ގަބޫލުކުރުމަށް ވާ ޝަރުތެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ފެންނަންހުރި މި ހެކިތަކާމެދު ވިސްނާ ފިކުރުކުރުމަށް ޤުރްއާނުގެ އެތައް ތަނެއްގައި ﷲ تَعَالَى ވަނީ އަންގަވާފައެވެ. ﷲ تَعَالَى ވަޙީކުރައްވާފައިވާ ވަޙީބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތުވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، الله އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ
ހުކުރު ޚުތުބާ

މިސާލުތަކަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ ޖައްވުގެ ތެރޭގައި ފެން ދައުރުވާ ނިޒާމުގެ ތެރެއިން ވާރޭ ވިލާތައް އުފެދޭ ކަމަށާއި، ވައި ދައުރުވާ ނިޒާމުގެ ތެރެއިން މި ވާރޭ ވިލާތައް އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ކަމަށެވެ. ވައިގެ ޒަރީއާއިން ހަނަފަސްވެ، މަރުވެފައިވާ ބިމަކާ ހަމައަށް މި ވާރޭ ވިލާތައް ދަތުރުކޮށް އެ ވިލާގަނޑުން އެ ހަނަފަސް ބިމަށް ވާރޭ ވެހުމާއެކު އެ ބިމަށް ދިރުން ލިބި އެ ބިމުގައި ގަސްފަޅާ ކަމަށެވެ. އަދި އެކިއެކި ދިރޭތަކެތި މި ގަސްތަކާއި ވިނަތަކުން ކައިއުޅޭ ކަމަށާއި، އެތަކެތީގެ ހަށިގަނޑުގެ ތެރޭގައި އެ ކާތަކެތި ހަޖަމުވެ، އޭގައިވާ ފައިދާހުރި މާއްދާތައް ހަށިގަނޑަށް ނަގައި، ގެއްލުންހުރި ބައިތައް ހަށިގަނޑުން ބޭރުކުރާ ނިޒާމު ވެސް ވަނީ، އެހަށިގަނޑުގައި ލެއްވިފައިވާކަމަށެވެ. އަދި ކުޅަދުންވަންތަ ކަލަކަށް މެނުވީ މިހާ ފުރިހަމަ ނިޒާމުތަކެއްގެ ތެރޭގައި ދުނިޔޭގެ ހިންގުން ތަދުބީރެއް ނުކުރެވޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކަލަކު ވޮޑިގެންވާކަމުގެ އަނެއް އަލިގަދަ ހެއްކަކީ އަހަރެމެންނާއި މި އާލަމު ވުޖޫދުގައި ވުމެވެ. ޚަލްޤު ކުރެވިފައިވާހާ އެއްޗަކަށް "ޢާލަމޭ" ކިޔައި ނަންދެވިފައި ވާއިރު މި ތަކެއްޗަކީ ﷲ تَعَالَى ވޮޑިގެންވާ ކަމުގެ އަލާމާތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެނީ ވުޖޫދުގައި ވާ ކޮންމެ އެއްޗެއްމެ ވުޖޫދު ކުރި ފަރާތެއް ވާނެކަމީ ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކު ގަބޫލުކުރާނެ ހަގީގަތެއް ކަމަށެވެ. ލިޔެވިފައިވާ އެއްޗެއް ވާނަމަ އެ ލިޔުނު ފަރާތެއް ވާކަމަށް ގަބޫލުކުރާ ކަމަށާއި، ބިނާއެއް ވާނަމަ އެ ބިނާއެއް ބިނާ ކުރި ފަރާތެއް ވާނެކަމަކަށް އެއްވެސް މީހަކު އިންކާރުނުކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން މިއޮތް ބޮޑު ކައުނާއި، މި ކައުނުގައިވާ، ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރޭތަކެއްޗާއި، މިނޫންވެސް ތަކެތި އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، ފުރިހަމަ ނިޒާމެއްގެ ތެރޭގައި ތަދުބީރު ކުރެއްވި ފަރާތެއް ނުވާކަމަށާއި، މިހުރިހާ ކަމަކީ އިއްތިފާގަކުން ވާ ކަމެއް ކަމަށް، ގަބޫލު ކުރުމަކީ މޮޔަކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
1 ޖޫން 2024 | ހޮނިހިރު 05:29
މޮގޮމްބޯ
ބޯ ހަމަނުޖެހޭ މިސާލު ނަގާފަ ކިތައްމެ ވަރަކަށް ހުދުބާ ކިޔަސް ގަބޫލު ކުރަން ދަތިވާނެ. ނަމަވެސް ސައިންސުގެ އަލީގައި ވާހަކަ ދެއްކިނަމަ ކިޔަވައިގެން ތިބި ބަޔަކަށް އެއްޗެއް ވިސްނޭނެ. ތި ހުތުބާ އެކޭ ކޮފީ މޭޒުގައި ދައްކާ ވާހަކަ ޔާ މާ ބޮޑު ތަފާތެއް ނެއް.
- ގުޅުންހުރި
މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ގާބޫލުނުކުރުމުގެ ފިކުރު - ހުތުބާ
އެމީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް އޮތީ އުފާވެރިކަން - ހުތުބާ
އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
ސިހުރު މުޅި މުޖުތަމައަށް ވަނީ އާއްމުވެފައި، ސިހުރުން ރައްކާތެރިވުމަށް އެދި ދުއާ ކުރޭ: ޚުތުބާ
ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ އިލްމު ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުތުބާގައި ގޮވާލައިފި
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ