ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 17:19
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެލައިޑް އިންޝުއަރެންސް
އެލައިޑް ޕްރޮމޯޝަން
އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް
މި ޕްރޮމޯޝަން 10 މެއި އިން 30 ޖޫންގެ ނިޔަލަށް ކުރިޔަށްގެންދާނެ
ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް
ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 އިންސައްތަ ޑިސްކައުންޓް ދޭނެ

އެލައިޑް އިންޝުއަރަންސް ކުންފުނީގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް ލޯންޗުކޮށްފިއެވެ.

މި ޕްރޮމޯޝަން ލޯންޗުކޮށްފައިވަނީ ބުރާސްފަތި ދުވަހު އެލައިޑު އިންޝުއަރަންސް ކުންފުނީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަންގެ ތެރެއިން ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ.  

ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމުގައި އަޔާދީއިން ފާހަގަ ކުރެއެވެ. އެގޮތުން 10 މެއި އިން 30 ޖޫންގެ ނިޔަލަށް ކުރިޔަށްގެންދާ ޕްރޮމޯޝަންއާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑުން ފޭސްބުކްގައި ކުރިޔަށްގެންދިޔަ މަދަހަ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމްއަށް މުބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ ޓެންތް ޖެނެރޭޝަން އައިޕެޑް ވަނީ ހަވާލުކޮށްފައެވެ. އަދި އިނާމު ހަވާލުކޮށްދެއްވާފައިވަނީ އެލައިޑްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝާބިގުއެވެ. އަޒްކާގެ ފަރާތުން އިނާމާއި ހަވާލުވެދެއްވީ އަޒްކާގެ ބައްޕަ އާދަމް ނަސީމްއެވެ.

25 ފެބުރުވަރީއިން 9 އޭޕްރިލްއަށް ކުރިޔަށްގެންދިޔަ މިމުބާރާތުގައި ގިނަ އަދަދެއްގެ ކުދިންގެ ބައިވެރިވުން ލިބުމާއި އެކު އެކަން ފާހަގަކޮށް އެލައިޑުން ވަނީ އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު ދަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް