ކ. މާލެ
|
8 މެއި 2024 | ބުދަ 19:15
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު (ކ) އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު (ކ) އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު
ޓްވިޓަރ
މޫސާ ޒަމީރު އިންޑިއާއަށް
ގުޅުން ބަދަހިކުރަން ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް
 
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގިނަދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ

އިންޑިއާއާއި ގޯސްވެފައިވާ ގުޅުން ރަނގަޅުކޮށް އެހީ ހޯދުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގެންނެވީ ބުދަ ދުވަހުއެވެ. ފުރާ ވަޑައިގަތުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކޮށް، ދެގައުމުގެ ރައްޔިތުންގެ ދެފަރާތުގެ ފައިދާއަށްޓަކައި ރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގިނަދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ވަޑައިގަންނަވާއިރު، މި ސަރުކާރު ވެރިކަމަށް އައިފަހުން އިންޑިއާއެކު އޮތް ގާތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މީގެ އެއް ސަބަބެއްގެ ގޮތުގައި މި ސަރުކާރުގެ ނާގާބިލު، ތަންދޮރު ނުދަންނަ، ޑިޕްލޮމަސީގެ ހަމައެއްލަމައެއް ނެނގޭ ޑެޕިއުޓީ މިނިސްޓަރުން ވަނީ އިންޑިއާއަށާއި، އިންޑިއާގެ ރައްޔިތުންނާއި، ވެރިންނަށް މަލާމާތްކޮށް ފުރައްސާރަކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެ، އިގްތިސާދަށް އޭގެ އަސަރުކުރަމުންދާއިރު، އެކަންކަން ހައްލުކުރުމަށް އެދުމާއި ގުޅުން ރަނގަޅުކުރުމުގެ އިތުރުން ސަރުކާރު ހިންގަން ބޭނުންވާ އެހީތެރިކަމަށް އެދޭނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމައިފި
ސިވިލް މީހުން ގެނެސްފައިވަނީ ރާއްޖެއިން އެދިގެން އެއްބަސްވުމެއްގެ ތެރެއިން!
އިންޑިއާއިން އެއްވެސް އިރެއްގައި ގިނަ އަދަދެއްގެ ސިފައިން ބައިތިއްބަން ބޭނުން ނުވޭ - ޒަމީރު
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރައީސް މުއިއްޒު އިންޑިޔާއަށް ދަތުރުފުޅު ކުރެއްވުމާއި ގުޅޭ މަޝްވަރާތައް ކުރެވުނުކަމަށް ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ
ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
ރާއްޖެއަށް ބޭނުންވާ ހިލަ އާއި ހިލަވެލީގެ އިތުރުން އަސާސީ ކާބޯތަކެތީގެ ކޯޓާ އިންޑިޔާއިން އިތުރުކޮށްދީފި