ކ. މާލެ
|
8 މެއި 2024 | ބުދަ 12:38
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ޖިންސީ ގޯނާކުރުން
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި
 
ބަންދުން ދޫކޮށްލުމަށް އެދި ބުނެފައިވަނީ އޭނާއަކީ ހަކުރުބަލީގެ ވަރަށް ނާޒުކު ހިސާބެއްގައި ހުރި ފަރާތެއްކަމަށް
 
މި މައްސަލައިގައި އުފުލާފައިވަނީ އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ

ކާފަ ދަރިއަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި އުފުލާފައިވަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާކޮށްފައިވަނީ މީހަކު އޭނާގެ ކާފަ ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުވާ މައްސަލައެއްގައެވެ.

އެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އޭގެ ފަހުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އޭނާގެ ފަރާތުން ވަނީ އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދިފައެވެ.

ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އެދި އޭނާ ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ އޭނާއަކީ ހަކުރުބަލީގެ ވަރަށް ނާޒުކު ހިސާބެއްގައި ހުރި ފަރާތެއްކަމަށާއި، ވަކިގޮތަކަށް ޑައިޓް ބަހައްޓަން ޑޮކްޓަރު ލަފާދީފައިވާކަމަށެވެ.

އޭގެ އިތުރުން، އޭނާގެ ބަލި ހާލަތަށާއި އުމުރަށް ބަލާއިރު މިއީ ޖަލުގައި ބެހެއްޓުން ރައްކާތެރި ފަރާތެއް ނޫންކަމަށާއި، މި ބަލީގެ ސަބަބުން ވަގުތުން ވަގުތަށް ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވެސް ކުރިމަތިވެދާނެ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، ކުށުގެ ރެކޯޑަށް ބަލާއިރުވެސް އޭނާގެ އެއްވެސް މިފަދަ ރެކޯޑެއް ނެތް ކަމަށާއި އަދި މި މައްސަލައިގައި އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ މިހާރު އެހެން ގެއަކަށް ބަދަލުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެކަންކަމަށް ރިއާޔަތްކޮށް މި މައްސަލަ ބެލި މެޖިސްޓްރޭޓު ކޯޓުން ވަނީ އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ.

އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ. ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އޭނާ ދޫކޮށްލަން ނިންމި ނިންމުމަށް ވާސިލްވި ގޮތެއް ދަށު ކޯޓުގެ ނިންމުމުން އެނގެން ނެތް ކަމަށެވެ.

އެގޮތަށް ނިންމަވާފައިވަނީ ހައިކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިިޔާރުންގެ އިއްތިފާޤުންނެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންއެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަރުގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން އެންގުމުންވެސް ހައިކޯޓުގައި އަޑުއެހުމެއް ނުބޭއްވި، ފަނޑިޔާރުން ޗުއްޓީގައި
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޖަލު ބަންދުގައި ތިބޭ މީހުން ޝަރުތުތަކާއެކު ގޭބަންދުކުރުމަށް ކުރާ އަމުރާ އެއްގޮތަށް ޢަމަލުކުރާކަން ދައުލަތުގެ އިދާރާތަކުން ކަށަވަރުކުރެވޭނެ ހަރުދަނާ އުޞޫލެއް ނެތް: ހައިކޯޓު
ގްރޫމްކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ޝަރުތުތަކާއެކު ދޫކޮށްލަން ނިންމި ނިންމުން ބާތިލުކޮށްފި