ކ. މާލެ
|
8 މެއި 2024 | ބުދަ 11:52
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި އެ ޓީމަށް ކުޅެމުން އަންނަ އެމްބާޕޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި އެ ޓީމަށް ކުޅެމުން އަންނަ އެމްބާޕޭ
ޕީއެސްޖީ
ކުޅިވަރުގައި ބަލި ޤަބޫލުކުރަން ޖެހޭނެ: އެންރީކޭ
 
މޮޅުވުމާއެކު ބަލިވުން ވެސް އޮންނާނެކަން ދަންނަން ޖެހޭކަން އެންރީކޭ ފާހަގަ ކުރި

ކުޅިވަރުގައި ބަލި ޤަބޫލު ކުރަން ޖެހޭނެ ކަމަށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑު އަތުން ބަލިވެ، ޕީއެސްޖީ މުބާރާތުން ކެޓި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

އެންރީކޭ ބުނީ، ޕީއެސްޖީ އަކީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވިފައި އޮތް ޓީމެއް ކަމަށާއި، އެ ޓީމަކީ ނަމޫނާ ދައްކާ ޓީމެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އެހެންކަމުން މެޗަކުން ބަލިވެއްޖެ ޙާލަތެއްގައި، އެކަން ޤަބޫލު ކުރަން ޖެހޭ ކަމުގައި އެންރީކޭ ވަނީ ބުނެފަ އެވެ. ހަމައެގޮތުން، މޮޅުވުމާއެކު ބަލިވުން ވެސް އޮންނާނެކަން ދަންނަން ޖެހޭކަން އެންރީކޭ ފާހަގަ ކުރި އެވެ.

މީގެ އިތުރުން އެންރީކޭ ބުނީ، މެޗުގައި ޕީއެސްޖީގެ ކުޅުންތެރިން ލަނޑު ޖެހުމަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ހަ ހަމަލާއެއް ދަނޑިއާ އަމާޒުވީއިރު، މެޗުގައި ޕީއެސްޖީން ޖުލުމަ 31 ހަމަލާ އުފެއްދި ކަމަށް ވެސް އެންރީކޭ ބުންޏެވެ. އެހެން ނަމަވެސް މެޗުގައި ޕީއެސްޖީ އަށް ލަނޑެއް ނުޖެހުނު ކަމަށާއި، އެއީ ޤަބޫލު ކުރަން ވެސް ދަތި ކަމެއް ކަމަށް އޭނާ ބުންޏެވެ.

އިތުރަށް އެންރީކޭ ބުނީ ޗެމްޕިއަންސް ލީގުގައި މިފަހަރު ޑޯޓްމަންޑުން ކޮށްފައި ވަނީ ރަނގަޅު މަސައްކަތެއް ކަމަށާއި، އެ ޓީމަށް އޭނާ މަރުޙަބާ ކިޔަން ބޭނުންވާ ކަމަށެވެ.

ޗެމްޕިއަންސް ލީގަކީ ޕީއެސްޖީން އެންމެ އިސްކަން ދީގެން ތައްޔާރުވާާ މުބާާރާތެވެ. އެ ޓީމުން ވަނީ މީގެ ކުރިން އެއް ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފަ އެވެ. ނަމަވެސް އެ ފަހަރުގެ ފައިނަލްގައި ބަޔާން މިއުނިކާ ވާދަކޮށް، ޕީއެސްޖީ ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް