ކ. މާލެ
|
7 މެއި 2024 | އަންގާރަ 15:16
ހޯމަ ދުވަހުގެރޭ ވައިގެ މަގުން އިޒްރޭލް ސިފައިން ރަފާ އަށް ދިން ހަމަލާތަކުގައި، ހަމާސްގެ 20 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނޭ
ހޯމަ ދުވަހުގެރޭ ވައިގެ މަގުން އިޒްރޭލް ސިފައިން ރަފާ އަށް ދިން ހަމަލާތަކުގައި، ހަމާސްގެ 20 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނޭ
ސްކައި ނިއުސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލް ސިފައިންގެ ފައުޖުތައް ރަފާއަށް އަރައިފި
 
އިޒްރޭލް ސިފައިންގެ ފައުޖުތަކަށް އަމާޒްކޮށް ހަމާސްގެ ހަނގުރާމަވެރިންވަނީ ބަޑީގެ ހަމަލާ ދީފަ
 
ރަފާއަށް އިޒްރޭލް ސިފައިން އަރާފައިވަނީ ހަމާސް ހަނގުރާމަވެރިން ރަފާ އިން ސާފުކޮށްލުމަށް ކަމަށް ބުނެ

ގާޒާގެ ރަފާ ސިޓީން މިސްރަށް ދާން އޮންނަ މަގު އިޒްރޭލް ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އިން އަންގާރަ ދުވަހުގެ ހެނދުނު ބުނެފިއެވެ.

ޓޭންކްތަކާއެކު އިޒްރޭލް ސިފައިން އެ ސަރަހައްދު ހިފައި، ހަމާސް އާ ގުޅުން ހުރި ތަންތަން ޗެކްކުރަމުންދާ ކަމަށް އިޒްރޭލްގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

މި ސަރަހައްދު އިޒްރޭލް ސިފައިން ހިފުމާއެކު ގާޒާ އިން ނުކުމެވެން އޮންނަ ހަމައެކަނި މަގު ބަންދުވީއެވެ. މިއާއެކު އެހީ ހިފައިގެން ކުރާ ދަތުރުތައް ހުއްޓުމަކަށް ވަނީ އައިސްފައެވެ.

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުނެފައިވަނީ އެހީގެ މަގު ބަންދުވުމާއެކު ފަލަސްތީން ރައްޔިތުންނަށް ތަހައްމަލު ނުކުރެވޭ ވަރުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ.

އިޒްރޭލް ސިފައިންގެ ފައުޖުތަކަށް އަމާޒްކޮށް ހަމާސްގެ ހަނގުރާމަވެރިންވަނީ ބަޑީގެ ހަމަލާ ދީފައެވެ. އެއާއެކު ދެފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަފާއަށް އިޒްރޭލް ސިފައިން އަރާފައިވަނީ ހަމާސް ހަނގުރާމަވެރިން ރަފާ އިން ސާފުކޮށްލުމަށް ކަމަށް ބުނެއެވެ.

ހޯމަ ދުވަހުގެރޭ ވައިގެ މަގުން އިޒްރޭލް ސިފައިން ރަފާ އަށް ދިން ހަމަލާތަކުގައި، ހަމާސްގެ 20 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ވަފާ ނިއުސް އޭޖެންސީން ބުނެފައިވަނީ މި ހަމަލާތަކުގައި އާއްމުންގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އަނެއްކޮޅުން، ޔަމަންގެ ޕޯޓްސިޓީ އަދަންގެ ދެކުނުން ދަތުރު ކުރަމުން ދިޔަ އާގުބޯޓަކާ ވަރަށް ކައިރިން ދެ ގޮވުމެއް ގޮވިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ޔޫކޭގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އޭޖެންސީން ހާމަކޮށްފިއެވެ. ބޯޓުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ މިހާދިސާގައި ފަޅުވެރިއަކަށްވެސް ބޯޓަކަށްވެސް ގެއްލުމެއް ނުވާކަމަށެވެ.

ހޫތީ ހަނގުރާމަވެރިން މީގެ ކުރިންވެސް ވަނީ ޑްރޯން ބޭނުންކޮށްގެންނާއި މިސައިލް ބޭނުންކޮށްގެން ރަތްކަނޑާއި، ބާބް އަލް މަންދީބް ސްޓްރެއިޓާއި، ގަލްފް އޮފް އަދަން އިން ދަތުރުކުރާ އާގުބޯޓު ފަހަރަށް ހަމާލާ ދީފައެވެ. ހޫތީ ހަނގުރާމަވެރިންނަކީ ހަމާސް އަށް ތާއީދު ކުރާބައެކެވެ. ހޫތީ ހަނގުރާމަވެރިން ތުހުމަތު ކުރަނީ އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓު ފަހަރަކީ އިޒްރޭލާ ގުޅުން އޮންނަ ބޯޓުފަހަރު ކަމުގައެވެ.

ހޫތީ ހަނގުރާމަވެރިން ބުނެފައިވަނީ، ގާޒާއަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލުމުން ނުނީ ބޯޓުފަހަރަށް ދޭ ހަމަލާތައް އެމީހުން ހުއްޓާނުލާނެ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި
ގާޒާގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެނާއި ކާނާ ލިބުން ހުއްޓިއްޖެ
އިޒްރޭލުގެ ހަމަލާތައް ނުރައްކާވެ ރަފާ ސިޓީ ދޫކޮށް ފަލަސްތީންގެ އެތައް ސަތޭކާ ހާސް މީހުން ހިޖްރަކުރަނީ