ކ. މާލެ
|
6 މެއި 2024 | ހޯމަ 12:49
ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ ޓިކްޓޮކް
ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ ޓިކްޓޮކް
ރާއްޖެއެމްވީ
އިޖުތިމާއީ މިންގަނޑާ ޚިލާފުވުން
ކޯޓުގައި ނަބީލް ބުނީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވީޑިއޯ އާންމުކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް
 
39 އަހަރުގެ ނަބީލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހު
 
ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި

އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މުހައްމަދު ނަބީލް އެކަން ކުރަނީ އޭނާއަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް އޭނާ ބުނެފިއެވެ.

އޭނާ އެހެން ބުނީ އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. އެގޮތުން ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާ އެ ކަންކަން ކުރަނީ އޭނާއަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށެވެ.

އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދިޔަ 39 އަހަރުގެ ނަބީލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ.

އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް