ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 15:11
މަޖީދީ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
މަޖީދީ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ރާއްޖެއެމްވީ
އެކްސިޑެންޓުގެ މައްސަލަތައް
މިއަހަރުގެ އޭޕްރީލްގެ ނިޔަލަށް ރިޕޯޓުކުރި އެކްސިޑެންޓުތަކުގެ އަދަދު ހާހަކަށްވުރެ ގިނަ
 
މި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ހުޅުމާލޭގައި ކާރަކާއި ވޭނެއްގެ އިތުރުން ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވޭ
 
މާލެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅިފައިވަނީ 1009 އެކްސިޑެންޓް ރިޕޯޓް

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި 1044 ޓްރެފިކް އެކްސިޑެންޓް ރިޕޯޓު ކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިއަހަރުގެ މިހާތަނަށް ރިޕޯޓު ކުރެވިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 1044 ޓްރެފިކް އެކްސިޑެންޓް ރިޕޯޓު ކޮށްފައިވާއިރު، މިއީ މިދޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅިފައިވަނީ 1009 އެކްސިޑެންޓް ރިޕޯޓެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޖުމުލަ 709 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު 263 އެކްސިޑެންޓު ރިޕޯޓު ކޮށްފައިވާއިރު، ފެބްރުއަރީ މަހު 268 އެކްސިޑެންޓު، މާޗް މަހު 301 އެކްސިޑެންޓު އަދި އޭޕްރިލް މަހު 212 އެކްސިޑެންޓު ރިޕޯޓު ކޮށްފައިވެއެވެ.

އެކްސިޑެންޓުގެ މައްސަލަތައް އިތުރުވެފައިވާއިރު، މި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ހުޅުމާލޭގައި ކާރަކާއި ވޭނެއްގެ އިތުރުން ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. ފުލުހުން ބުނީ ތިން އުޅަނދު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ކާރު ދުއްވަން އިން މީހާއަށް ކަމަށެވެ. އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން މިދިޔަ ހަފްތާގައި ފުވައްމުލައް ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި ބަޔަކަށް ސީރިއަސް އަނިޔާތަކެއްވެސް ވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން