ކ. މާލެ
|
3 މެއި 2024 | ހުކުރު 10:49
ލަނޑު ޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން
ލަނޑު ޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން
އިނގިރޭސި ޕްރިމިއަރ ލީގު
ޗެލްސީ އަތުން ބަލިވެ، ގަދަ ހަތަރެއްގެ ފުރުޞަތު ޓޮޓްނަމް އަށް ހަނިވެއްޖެ
 
ޗެލްސީ އޮތީ 8 ވަނައިގައި

ޗެލްސީ އަތުން ބަލިވެ، ގަދަ ހަތަރެއްގެ ފުރުޞަތު ޓޮޓްނަމް އަށް ހަނިވެއްޖެ އެވެ.

ފަސްވަނައިގައި އޮތް ޓޮޓްނަމް ޗެލްސީ އަތުން ބަލިވުމުން ހަތަރު ވަނައިގައި އޮތް އެސްޓަންވިލާއާ ދެމެދު އޮތް ފަރަގު 4 ޕޮއިންޓަށް ކުރަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. މެޗުން މޮޅުވެ އަމިއްލަ ބާރުގައި ފަރަގު ޕޮއިންޓަކަށް ކުޑަކުރުމުގެ ފުރުޞަތު ޓޮޓްނަމް އަށް ތަނަވަސް ކުރެވެން އޮތެވެ. ނަމަވެސް މެޗުން ބަލިވުމުން މިހާރު އޮތް ގޮތުން މެދުގެ އަދަދު ހަމަކޮށްގެން އަމިއްލަ ބަރުގައި ފަރަގު ކުޑަކުރެވޭނީ 4 ޕޮއިންޓަށެވެ.

ޓޮޓްނަމް މިހާރު އޮތީ 34 މެޗުން 60 ޕޮއިންޓާއެކު 5 ވަނައިގަ އެވެ. ހަތަރު ވަނައިގައި އެސްޓަން ވިލާ އޮތީ 35 މެޗުން 67 ޕޮއިންޓާއެކުއެވެ. ޗެލްސީ އަތުން ރޭ ޓޮޓްނަމް ބަލިވީ 2-0 ނެވެ. ދެހާފްގައި ޗެލްސީގެ ދެ ލަނޑު ޖެހީ ޗަލޮބަށް އަދި ޖެކްސަން އެވެ. މިމޮޅާއެކު ޗެލްސީ ވަނީ ތާވަލްގެ 8 ވަނަ އަށް ޖެހިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް