Advertisement
ކ. މާލެ
|
1 މެއި 2024 | ބުދަ 12:21
އެމްވީ ކޯލް ގާލް ޓެލެގްރާމް ޗެނަލް ފުލުހުން އަތުލައިގެންފި
އެމްވީ ކޯލް ގާލް ޓެލެގްރާމް ޗެނަލް ފުލުހުން އަތުލައިގެންފި
ރާއްޖެއެމްވީ
ޓެލެގްރާމް ޗެނަލް އަތުލައިގަތުން
އެމްވީ ކޯލް ގާލްސްގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލެއް އަތުލައިގެންފި
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން
ޖަޒީރާ އެޑްމިން، ޖަޒީރާ ގާރލްސް އަދި ޖަޒީރާ އެސްކޯޓު ގެލެރީ، ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ޚަބަރުގެ ނަމުގައިވެސް ޗެނަލްތަކެއް ހިންގަނިކޮށް އަތުލައިގަނެފައިވޭ

"އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލެއް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭގޮތަށް "އެމްވީ ކޯލް ގާލް" ގެ ނަމުގައި ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްއެއް އަތުލައިގެންފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ބުނެފައިވެއެވެ.

ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިންގާ މިފަދަ އިތުރު ޗެނަލްތަކެއް ވެސް މީގެ ކުރިން ފުލުހުން ވަނީ ބަންދުކޮށްފައެވެ.

Advertisement

އެގޮތުން ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ޖަޒީރާ އެޑްމިން، ޖަޒީރާ ގާރލްސް އަދި ޖަޒީރާ އެސްކޯޓު ގެލެރީ، ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ޚަބަރުގެ ނަމުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަހުގީގުކޮށް މި ޗެނަލްތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބަޔަކުވެސް ހައްޔަރުކުރިއެވެ.

މީގެ ތެރޭގައި ހިމެނޭ 28 އަހަރުގެ ދިވެހި ފިރިހެނަކާއި، 39 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 60 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް