ކ. މާލެ
|
22 އޭޕްރިލް 2024 | ހޯމަ 08:43
ހުރާ ދާއިރާ އަށް ސަރުކާރުގެ ތާއީދާ އެކު ވާދަކިރެއްވި އަނާރާ ނައީމް
ހުރާ ދާއިރާ އަށް ސަރުކާރުގެ ތާއީދާ އެކު ވާދަކިރެއްވި އަނާރާ ނައީމް
ޝުއައިބް މުހައްމަދު އިގްބާލް
ގޮނޑި ކާމިޔާބުކުރެއްވި ތިން އަންހެން ބޭފުޅުން
މަޖިލީހަށް ވާދަކުރެއްވި އަންހެން ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކަށަވަރުކުރެއްވީ 3 ކެންޑިޑޭޓުން
 
އިންތިޚާބު ކާމިޔާބު ކުރެއްވި ތިން ކެންޑިޑޭޓުންނަކީ ޕީއެންސީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން
 
މަޖިލީހުގެ އިންތިޚާބަށް 41 އަންހެން ބޭފުޅަކު ވާދަކުރެއްވި

20 ވަނަ ރައްޔިތުން މަޖިލީހަށް ވާދަކުރެއްވި އަންހެން ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކަށަވަރުކުރެއްވީ 3 ކެންޑިޑޭޓުންކަން ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މަޖިލީހުގެ އިންތިޚާބަށް 41 އަންހެން ބޭފުޅަކު ވާދަކުރެއްވި އެވެ. އޭގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ދެ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ޕާޓީ ޕީއެންސީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އަދި އެއް ބޭފުޅަކީ އަމިއްލަ ގޮތުން ވާފަކުރެއްވި ކެންޑިޑޭޓެކެވެ.

އެއީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު (އަސްމާއްތަ) އަދި ހުރާ ދާއިރާ އަށް ސަރުކާރުގެ ތާއީދާ އެކު ނުކުންނެވި އަނާރާ ނައީމެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިން އަންހެން މެންބަރުންނާއި ޑިމޮކްރެޓްސްގެ އެއް އަންހެން މެންބަރު ހިމެނިވަޑައިގަންނަވައެވެ. 20 ވަނަ މަޖިލިސް މި ތިން ކެންޑިޑޭޓުން ކަށަވަރުކުރެއްވިއިރު، މިފަހަރުގެ މަޖިލީހުގައި އަންހެން މެންބަރުން އިތުރުކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އިންތިޚާބުވެއްޖެ ނަމަ ޕާޓީގެ ފަރާތުން ޚާއްސަ އެލަވަންސެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް