ސިމްޑީ ރެކްރެއާ ޝޯރޫމުން ވަރަށް ޚާއްސަ ޑިސްކައުންޓްތަކަކާއި އެކު ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ސިމްޑީ އިން ބުނީ ސިމްޑީ ރެކްރެއާ ޝޯރޫމުން ކަސްޓަމަރުންނަށް 20% އާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އޮގަސްޓުން 15 އިން އޮކްޓޯބަރ 15އިގެ ނިޔަލަށް ކަމަށް ސިމްޑީން ބުނެއެވެ.
ސިމްޑީ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އަގު ހެޔޮކޮށް ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތައް ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
މިއީ ކަސްޓަމަރުންނަށް ބޭނުންވާ ފުޅާ ރޭންޖެއްގެ ޕްރޮޑަކްޓްތައް ލިބެން ހުންނަ އައުޓްލެޓެކެވެ.
އޭގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނުތައް ހިމެނެއެވެ. އެގޮތުން ފްރިޖާއި، ވެކިއުމް ކްލީނަރ އަދި ބަދިގެއަށް ބޭނުންވާ ކަރަންޓު ސާމާނު އެތަނުން ލިބެން ހުންނާނެއެވެ. އަދި އެ އައުޓްލެޓުން ލިބޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި ކެއްކުމަށް ބޭނުން ކުރާ ޑުނަރް ބްރޭންޑްގެ ހަނޑޫ، ނޫސް ސަންފްލާވާ އޮއިލް، މަޔޮނައިޒް، ސަންޓަން ބްރޭންޑްގެ ކާށި ކިރު އަދި ޑިލްމާ ބްރޭންޑްގެ ސައިފަތާއި ބޮންކެފޭ ބްރޭންޑްގެ ކޮފީ ބުއިންތައް ހިމެނެއެވެ. މި އައުޓްލެޓުން ހޯލްސޭލް އަަދި ރީޓެއިލް ކަސްޓަމަރުންނަށް ވެސް ޚިދުމަތް ލިބޭނެއެވެ.