ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 11:45
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ކުޑަކުދިންނަށް ޖިންސީގޯނާކުރާ މައްސަލަ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއް ނޫން - ރައީސް
އެފަދަ ފަރާތްތަކަށް ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ތ. ވޭމަންޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހަކު ދޫކޮށްލުމާއި ގުޅިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އެވާހަކަ ދައްކާފައިވަނިކޮށެވެ.

ރައީސް ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށެވެ. އަދި އެގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި ދަންނަވަމުންދާ ކަމަށެވެ. އަދި ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

13 އަހަރުގެ ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މި މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އޭނާގެ މައްސަލަ ބަލަމުން އައީ ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ޝަރުތު ތަކަކާ އެކުއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެ މައްސަލަ ހައިކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފުކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް