Advertisement
ކ. މާލެ
|
22 މާރޗް 2024 | ހުކުރު 11:01
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު
ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި
މިދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވޭ
ރޯދަ މަސް ފެށުމުގެ ކުރިން ރައީސް މުއިއްޒު ވަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ވަޑައިގަންނަވާފައި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތް ނެވި ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، މިދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.

Advertisement

ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގެންފައިވާއިރު ރޯދަ މަސް ފެށުމުގެ ކުރިން ރައީސް މުއިއްޒު ވަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ވަޑައިގަންނަވާ އެރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނަވައިގެން ވެސް އޮކްޓޫބަރު މަހުގެ 30 ގައި ސިންގަޕޫރަށް ނުރައްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް