ކ. މާލެ
|
13 މާރޗް 2024 | ބުދަ 16:55
ޅ. ހިންނަވަރު
ޅ. ހިންނަވަރު
ސޯޝަލް މީޑިއާ
ކޮންސްޓްރަކްޝަން މިނިސްޓްރީ ޖޫރިމަނާކުރުން
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
އެ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަންޖެހޭ
އީ.އައި.އޭ ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކޮށްފައިވޭ

ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި ޅ. ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކޮށްފިއެވެ.

އެމިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނީ ހިންނަވަރުގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އެ އެޖެންސީއިން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މައުލޫމާތުންނާއި، އެ މިނިސްޓްރީއާ މި އެޖެންސީއާއި އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވޮލަޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައިވާކަން ޔަގީންކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ ހިންނަވަރުގެ މަގުހެދުމުގެ މަޝްރޫއުގެ އީ.އައި.އޭ އާއި ޚިލާފަށް، އީ.އައި.އޭ ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކުރުމާ ގުޅިގެން، އެ މަސައްކަތްކުރި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ކަމުގައިވާތީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ 20 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން ދެލައްކަ ދިވެހިރުފިޔާ އިން އެމިނިސްޓްރީން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އީޕީއޭއިން ވަނީ އަންގާފައެވެ.

- ކޮމެންޓް