Advertisement
ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 12:02
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ށ. ގޮއިދޫގައި ވާހަކަފުޅު ދައްކަވަނީ
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ށ. ގޮއިދޫގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
މިސްރާބު ހަމަމަގަށް
މަޖިލިސް މެންބަރުން އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުނުކުރެވޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް އެބަކުރަން: ސާލިހު
ސާލިހު ވިދާޅުވީ ފަސް އަހަރު ދުވަހަށް އިންތިހާބުވާ މެންބަރަކު ހުންނަންވާނީ އެއްވިސްނުމެއްގައި ކަމަށް

ރައްޔިތުންގެ މަޖިލިސް މެންބަރުން އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުނުކުރެވޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވެފައިވަނީ، މަޖިލިސް އިންތިހާބުގެ ށ.ކަނޑިތީމު ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިނަށް ށ. ގޮއިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement

ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށްފަހު ގާނޫނީގޮތުން ޕާޓީ ބަދަލުނުކުރެވޭނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން ރައްޔިތުން މެންބަރަކު އިންތިހާބު ކުރަނީ ފަސް އަހަރު ދުވަހަށް ކަމަށާއި އެހެންކަމުން އެ ފަސް އަހަރު ދުވަހަށް އިންތިހާބުވާ މެންބަރަކު ހުންނަންވާނީ ހަމަ އެ ވިސްނުމުގައިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށް ފަހުގައި، ޕާޓީ ބަދަލުނުކުރެވޭނެ އުސޫލެއް ގާނޫނީގޮތުން ހެދުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން. ތިބޭފުޅުން މެންބަރަކު ތި ހޮއްވަވަނީ ފަސް އަހަރު ދުވަހަށް. އެ ފަސް އަހަރު ދުވަހު ހުންނަވަންވާނީ އެވިސްނުމުގައި. ބަދަލުކުރެވިގެނެއް ނުވާނެ. ޕާޓީ ބަދަލުކުރާކަމަށް ވަންޏާ، ގޮނޑި ދޫކޮށްލަން ވީނޫންތޯ؟
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސް ސާލިހު އިތުރަށް ވިދާޅުވީ މަޖިލީހަށް އިންތިހާބުވުމަށްފަހު، ޕާޓީ ބަދަލުކުރާ މެންބަރަކު ގޮނޑި ދޫކޮށްލަން ވެސް ނުކެރޭ ކަމަށެވެ. އެހެންކަމުން، ގާނޫނީ ގޮތުން އެފަދަ ސިޔާސަތެއް ގާނޫނީ އިމުގެ ތެރެއިން އެކުލަވާލާ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި، އައު މަޖިލިސް ހުވާކުރާއިރުގައި ގާނޫނީ އެ އުސޫލު ގެންނަވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް