މިއަދު ފެށުނު ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާއި ތަޙުނިޔާ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) ކިޔުއްވައިފި އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު، ރައީސް ޞާލިޙު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙިޖުރީ އައު އަހަރުގެ ތަޙުނިޔާ އާއި ހެޔޮ އެދުންތައް ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި، އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންނަށް އަރިސް ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މި ފެށުނު 1447 ވަނަ އަހަރަކީ ދިވެހިންނަށާއި، ދިވެހި ރާއްޖެ އަށް އަދި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރިކަމަށާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައި އެވެ.
ހިޖުރީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންނަށް އަރިސްކުރަން.
— Ibrahim Mohamed Solih (@ibusolih) June 26, 2025
މި ފެށޭ 1447 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން…
ރައީސް ޞާލިޙުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއީލް އާއި އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާއި ތަޙުނިޔާ އަރިސް ކުރައްވައި ޕޯސްޓު ކުރައްވައިފަ އެވެ.