Advertisement
ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 05:46
ފާދިއްޕޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލައްވާ ރައީސް މާލެ ވަޑައިގަތުން
ފާދިއްޕޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލައްވާ ރައީސް މާލެ ވަޑައިގަތުން
ރައީސް އޮފީސް
ދައުލަތުގެ ހަރަދުގައި ކެމްޕޭންކުރުން
ދައުލަތުގެ ހަރަދުގައި މަޖިލިސް ކެމްޕޭނަށް ރައީސް މުއިއްޒު 150 ރަށަކަށް ވަޑައިގެންފި
ހަރަދުތައް ކުޑަކުރުމަށް އަންގާފައި ވަނިކޮށް ބޮޑެތި ވަފުދުތަކާއެކު ރަށްރަށަށް ދަނީ ވަޑައިގަންނަވަމުން
ކެމްޕޭނަށް ދައުލަތުން ހަރަދުކުރާއިރު، އެތައް މުވައްޒަފުންނެއް މިހާތަނަށް ވަނީ ވަޒީފާއިން ވަކިކޮށްފައި
ކެމްޕޭނާއި ދެކޮޅު ހަދާ ކައުންސިލްތަކަށް ދަނީ އިންޒާރު ދެމުން

ރައްޔިތުންނާއި ކައުންސިލްތަކާއި ބައްދަލުކުރެއްވުމުގެ ނަމުގައި، ދައުލަތުގެ ހަރަދުގައި މަޖިލިސް ކެމްޕޭނަށް ރައީސް މުއިއްޒު، މިހާތަނަށް 150 ރަށަކަށް ވަޑައިގެންފިއެވެ.

ދައުލަތުގެ މާލިއްޔާގައި ފައިސާ ނެތްކަމަށާއި، ފައިސާ ހޯދަންކަންކަން ކުރަމުން ގެންދާކަމަށް ސަރުކާރާއި، މާލީ އިދާރާތަކުން ހާމަކޮށްފައިވަނިކޮށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް، ރައީސް މުއިއްޒު ގެންދަވަނީ ރަށްރަށަށް މަޖިލިސް ކެމްޕޭންކުރައްވަން ވަޑައިގަންނަވަމުންނެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި ރީސްޓްރަކްޗަރ ކުރުމަށް މާލި އިދާރާތަކުން ތަކުރާރުކޮށް ބުނަމުން އަންނަ އިރުވެސް، މުވައްޒަފުން ވަޒީފާއިން ވަކިކުރުން ފިޔަވައި އިތުރުކަމެއް ނުކުރައްވާ ރައީސް މުއިއްޒު ގެންދަވަނީ ސަރުކާރު ހިންގާ މައި ޕަޓީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރެއްވުމަށް ދައުލަތުގެ ފައިސާއިން ހަރަދުކޮށް ބޮޑެތި ވަފުދުތަކާއެކު ރަށްރަށަށް ވަޑައިގަންނަވަމުންނެވެ.

Advertisement

އަދި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާތީ، އިންތިޒާމުތައް ހަމަޖައްސާ، ޖަލްސާ ބޭއްވުމަށް އަންގާ ރައީސް އޮފީހުން ކައުންސިލްތަކަށް ދަނީ ސިޓީ ފޮނުވަމުންނެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅުތަކުގައި ރައްޔިތުންނާއި ބައްދަލުކުރުމުގެ ނަމުގައި ކެމްޕޭން ޖަލްސާތައް ބާއްވާ ޕާޓިގެ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށް، ޖަލްސާތަކާއި އެމަނިކުފާނު ވަޑައިގަންނަވާއިރު އިސްތިގުބާލުގައި ތިބުމަށް ސަރުކާރުގެ އޮފީސްތަކަށް ދަނީ އަންގަމުންނެވެ.

އަދި ދެކޮޅު ހަދާ ކައުންސިލްތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ގެންދަވަނީ އިންޒާރުދެއްވަމުންނެވެ. ދާދި ފަހުން އެލްޖީއޭއިން ވަނީ ނ. ކެނދިކުޅުދޫ ކައުންސިލުން ހަގީގަތް ހާމަކޮށް ނެރުނު ނަޔާނާއި ގުޅިގެން އެ ބަޔާން އަނބުރާ ނަގަންވެސް އަންގާފައެވެ.

އަދި އުސޫލުތައް މުގުރާލައްވާ، ރައީސް ވަޑައިގަންނަވާތީ ސްކޫލް ދަރިވަރުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނެރުމަށް އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ގެންދަވަނީ ސްކޫލްތަކަށް އަންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް