Advertisement
ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 13:07
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
އެމްޑީޕީ
ސަރުކާރުގެ ސިޔާސީ މަޤާމުތައް
ސަރުކާރުގެ ސިޔާސީ މަޤާމުތައް 1500 އާ ހިސާބަށް މިސްރާބު ޖަހާފައިވާކަމަށް މައުލޫމާތު ލިބޭ: ސާލިޙު
ޤައުމު ހަމަ މަގަށް އެޅުވުމަށް މަޖިލިސް އިންތިޚާބު މުހިއްމު
އެއީ އެއްވެސް ސަރުކާރަކުން ކަން ކުރި ގޮތެއް ނޫންކަމަށް ރައީސް ސާލިޙު ވިދާޅުވި

މި ސަރުކާރުގެ ސިޔާސީ މަޤާމުތައް 1500 އާ ހިސާބަށް މިސްރާބު ޖަހާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ށ މާއުނގޫދޫގައި އޮތް ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަރުކާރަށް ބަޖެޓަށް ދަތިވަނީ ހަމައެކަނި ރަށްރަށުގައި ކުރަން ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހުމުންކަން ފާހަގަ ކުރައްވައި ރައީސް ސާލިޙު ވިދާޅުވީ، މި ސަރުކާރުން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރަމުންދާކަމަށެވެ.  

Advertisement

އޭގެ ތެރޭގައި ވަޒީފާތަކަށް މީހުން ނަގަމުންދިއުމުގެ މައްޗަށް ރައީސް ސާލިޙު ވަނީ އަލިއަޅުވާލައްވާފައެވެ.

ރައީސް ސާލިޙު ވިދާޅުވީ، ސިޔާސީ މަޤާމުތައް 1500 އާ ހިސާބަށް މިސްރާބު ޖަހާފައިވާކަމަށްވެސް މައުލޫމާތު ލިބޭ ކަމަށެވެ. އެއީ އެއްވެސް ސަރުކާރަކުން ކަން ކުރި ގޮތެއް ނޫންކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެކަންކަން ހުއްޓުވައި ޤައުމު ހަމަ މަގަށް އެޅުވުމަށް މަޖިލިސް އިންތިޚާބު މުހިއްމުކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް