Advertisement
ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 08:31
ރައީސް ރ.މީދޫގައި ވާހަކަފުޅު ދައްވަކަވަނީ
ރައީސް ރ.މީދޫގައި ވާހަކަފުޅު ދައްވަކަވަނީ
ރ. މީދޫ ޖަލްސާ
ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރާނަން: ރައީސް
ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެކަށީގެންވާ ވަރަށް ނުބެލެހެއްޓޭކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވި
ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިގްތިޞާދު ފުޅާކުރުމަށް އޮތް ބިޔަ ބޮޑު ސަރަހައްދަކީ ރާއްޖޭގެ 99 އިންސައްތަ ކަމަށްވާ ކަނޑުގެ ސަރަހައްދު ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އާދެވުނުއިރު މި ކަނޑުގެ ބޮޑު ސަރަހައްދު ނުބެލެހެއްޓޭކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

Advertisement

މީގެއިތުރުން އަތޮޅުތަކުގެ އެތެރޭގައި މިއޮތް ކަނޑުގެ ވަރަށް ކުޑަ ސަރަހައްދެއް ބެލެހެއްޓެމުން އައިސްފައިވާ ކަމަށާއި، ޒަމާނުއްސުރެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އޮތީ މިވަރަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

99 ޕަސަންޓުގެ ތެރެއިން ދެތިން ޕަސަންޓު މި ރަށްތަކުގެ އެތެރޭގައި މިއޮތް، އަތޮޅުތަކުގެ އެތެރެވަރީގައި މިއޮތް ސަރަހައްދެއް މި ބެލެހެއްޓެންނާ ބެލެހެއްޓެނީވެސް. އެއީ އަޅުގަނޑުމެންގެ ކެޕޭސިޓީ ޒަމާނުއްސުރެން އޮތް ވަރު. އެހެންވެ މިއޮތް ބޮޑު ސަރަހައްދުން އެހެން ބަޔަކު ވަދެ ބޭނުމެއްކުރިޔަސް، ހަގީގަތުގައި އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ، މިއަދު އޮތް ހާލަތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ކޮންމެ ބަޔަކު ވަދެ ގައުމު ނުރައްކަލަކާ ކުރިމަތިވެދާނެ ފަދަ ކަމެއް ކުރިކަމުގައި ވީނަމަވެސް، އެހެން ބައެއްގެ އެހީތެރިކަމަކާ ނުލާ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އެހެންކަމުން، މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި، މި ހިނގާ މާރިޗު މަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް