ކ. މާލެ
|
1 މާރޗް 2024 | ހުކުރު 22:43
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
އެމްޑީޕީ
މިއަދުގެ ހާލަތު
މިހާރު އޮތް ވެރިކަމާއެކު މިއަދުގެ ހާލަތަކީ ބިރުން ފިތްކަނޑައިގެންދާ ހާލަތެއް - އާޒިމް
އެމްޑީޕީގެ މެޖޯރިޓީ ގެއްލިއްޖެނަމަ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވާނެ ގޮތެއް ނޭނގޭނެ
އެމްޑީޕީގެ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތަކީ މާލޭގައި ގެދޮރުގެ ދަތިކަން ދިމާވެފައި ތިބި އެންމެންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް ފަށާފައިވާ ސިޔާސަތެއް

މިހާރު އޮތް ވެރިކަމާއެކު މިއަދުގެ ހާލަތަކީ ބިރުން ފިތްކަނޑައިގެންދާ ހާލަތެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިސްރާރު ހަމަމަގަށް - ދޮގު ދޮލަނގު ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް އަބަދުވެސް ރަނގަޅު ގޮތެއް ހޯދައިދިނުން ކަމަށާއި، އެނޫން އެއްވެސް ވިސްނުމެއް އެމްޑީޕީގައި ނެތް ކަމަށެވެ. މޭޔަރ ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ރައްޔިތުންގެ ވިންދާއި އިހުސާސް ދެނެގަނެގެން ކުރިއަށްދާ ޕާޓީއެއް ކަމަށެވެ. އެގޮތުގެ މަތިން ގެދޮރުގެ ކަންކަމަކީ އެންމެ ބޮޑު ކަމަކަށްވާއިރު، އެމްޑީޕީގެ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތަކީ މާލޭގައި ގެދޮރުގެ ދަތިކަން ދިމާވެފައި ތިބި އެންމެންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް ފަށާފައިވާ ސިޔާސަތެއް ކަމަށެވެ.

މި ސިޔާސަތު ތަންފީޒުނުކުރެވުނީ ވަރަށް ބޮޑު އޮޅުވާލުންތަކެއް އޮޅުވާލުމުގެ ސަބަބުން. ރައްޔިތުންނަށް ދޮގުތަކެއް ހަދަމުން، ރައްޔިތުންނަށް ބިރުދައްކަމުން ދިއުމުގެ މައިގަނޑު ސަބަބަކަށްވީ ރައްޔިތުންނަށް އޮޅިގެން ދިއުން. މިއަދު އެއްވެސް ބަޔަކަށް ނޯޅޭނެ ގައުމުގެ ހާލަތެއް. އެއިރު ހެދި ދޮގުތައް މިއަދު އެންމެންނަށް އެނގިއްޖެ. އެމީހުން ބުނަމުންދިޔައީ ކިހިނެއްހޭ ނުހިއްކާ ހުރި ތަންތަނުން ގޯތި ދޭނީ. އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ، ދެއަހަރާއި ބައި ގެއްލިގެން ދިޔަ އިރުވެސް އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލި، އެއްވެސް ވިޔަފާރިއެއް ބަނގުރޫޓްނުވެ، ރިސޯޓްތައް ހިނގަމުން ދިޔަ.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

އާޒިމް ވިދާޅުވީ މިއަދުގެ ހާލަތަކީ ބިރުން ފިތްކަނޑައިގެންދާ ހާލަތެއް ކަމަށެވެ. މާދަމާވެސް ކެއިންބުއިމަށް ބޭނުންވާ އެއްޗެހި އިމްޕޯޓް ކުރަން ދަތިވާތީ މި ސަރުކާރުން އެކަން އަޅުވަމުންދަނީ ކުރީ ސަރުކާރުގެ ބޮލުގައި ކަމަށާއި، އެމްޑީޕީން މިއަދު ވެރިކަމުގައި ތިބިނަމަ އެވާހަކަތަކެއް އަޑެއް ނީވޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީއަކީ މާގިނަ އުޒުރުދައްކާ ޕާޓީއެއް ނޫން ކަމަށާއި، ކަންކަން ކުރުމަށް ގޮތް ހޯދައިދެމުން އަންނަ ޕާޓީއެއް ކަމަށެވެ. އާޒިމް ވިދާޅުވީ މަޖިލީހަށް އެމްޑީޕީގެ މެންބަރުން ހޮވަންޖެހޭ ސަބަބަކީ މާލޭގެ ރައްޔިތުންނަށް ގެދޮރު ޔަގީންކުރުމަށް ކަމަށާއި، އެމްޑީޕީގެ މެޖޯރިޓީ ގެއްލިއްޖެނަމަ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވާނެ ގޮތެއް ނޭނގޭނެ ކަމަށެވެ.

ކޮމެންޓް