Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 08:13
ކައިޓިއާ ފިހާރައިގައި ހުރި ބައެއް މުދާތަކަށް ގެއްލުން ލިބިފައި
ކައިޓިއާ ފިހާރައިގައި ހުރި ބައެއް މުދާތަކަށް ގެއްލުން ލިބިފައި
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
މާލޭ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ
ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައި
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ.ކޯޒީ ލޮޖްގެ ގްރައުންޑް ފްލޯގައި ހުރި ކައިޓިއާ ފިހާރައިގައި

މާލޭ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މ.ކޯޒީ ލޮޖްގެ ގްރައުންޑް ފްލޯގައި ހުރި ކައިޓިއާ ފިހާރައިގައި އަލިފާން ރޯވެގެން ރިޕޯޓް ލިބިފައިވަނީ އަންގާރަ ދުވަހުގެރޭ ދަންވަރު 03:28 ހާއިރު ކަމަށެވެ. އެ ފިހާރަ ތަޅުލާފައި ހުރުމުން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އަންގާރަ ދުވަހުގެރޭ ދަންވަރު 04:15 ކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ޚަބަރެއް ލިބިފައިނުވާކަމަށާއި ނަމަވެސް ފިހާރާގައި ހުރި ބައެއް މުދާތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

މި ހާދިސާ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް