Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 21:17
ރައީސް
ރައީސް
ރައީސް އޮފީސް
ވިލިނގިއްޔަށް ރައީސް ވަޑައިގަތުން
ވިލިނގިލީގެ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އިޤުތިޞާދު ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވި

ވިލިނގިލީގެ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ގއ. ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލިނގިލީގެ ތަރައްޤީއަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް މި ދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ރައްޔިތުން އެދެމުންދާ ތަރައްޤީގެ ކަންކަންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ސަރަހައްދީ ތަރައްޤީއަށް އިސްކަން ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.

Advertisement

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތާއެކު، ކޮންމެ ރަށެއްގެ ރައްޔިތުން މިހާރުން މިހާރަށް ބޭނުންވާ ކަންކަންވެސް ކޮށްދެއްވާނެ ކަަމަށެވެ. އަދި އެކި ސަރަހައްދުތައް ތަރައްޤީ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތައް، ފެންވަރު މަތީ ޚިދުމަތްތަކާއެކު ތަރައްޤީކުރުމުން ދުރު ރާސްތާގައި ކުދި އާބާދީތަކުން އެތަންތަނަށް އަމިއްލަ އިޚުތިޔާރުގައި ހިޖުރަކުރާނެ ކަމަށާއި މިއީ އާމްދަނީ އާއި އަސާސީ ޚިދުމަތްތަކަށް ބަލާއިރު ދެމެހެއްޓެނިވި ދާއިމީ ހައްލަކަށްވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް