Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 13:08
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
އިންތިހާބީ ޝަކުވާގެ މައްސަލަ
ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލި ފަރާތަކުން ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލަ ހައިކޯޓުން ބަލައެއް ނުގަތް
މި މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވާތީ
މި މައްސަލަ ބޭރުކޮށްލީ މިއީ ހައިކޯޓަށް ހުށަހަޅާ ބާވަތުގެ މައްސަލައަކަށް ނުވާތީ

އިންތިހާބީ ޝަކުވާގެ މައްސަލައެއް ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް ފޯމު ހުށަހެޅި ހ ގިނަމާގެ މުޙައްމަދު އިޔާޒްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

Advertisement

އޭނާ މި މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވާތީއެެވެ. އެގޮތަށް ނިންމީ އޭނާގެ ޝަރުތު ހަމަނުވާކަމަށް ބުނެއެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ މިއީ ހައިކޯޓަށް ހުށަހަޅާ ބާވަތުގެ މައްސަލައަކަށް ނުވާތީއެވެ. އެގޮތުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައި އޮންނަ ގޮތުން، އިންތިޚާބަށް ކުރިމަތިލުމުގައި ފުރިހަަމަ ވާން ޖެހޭ ޝަރުތު ފުރިހަމަ ނުވުމާ ގުޅޭ ނިންމުންތައް ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށްކަމަށް ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް