Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2024 | ހޮނިހިރު 07:05
މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް
މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް
ފިޝަރީސް މިނިސްޓްރީ
ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ލޯނު
ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ރަހުނަކާ ނުލާ ހަތްލައްކަ ރުފިޔާ އާ ހަމައަށް ލޯނު ދޫކުރަނީ
މި ލޯނުގެ އެހީގައި އެފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވި ބާނާ މަސް ގަނެ ޕެކް ކުރުމުގެ ކަންކަންކުރެވިގެންދާނެ
ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ކުދި އައިސްޕްލާންޓްތައް ގާއިމުކުރުމުގެ ފުރުސަތު ލިބިގެންދާނެ

ފަރުމަސް ވެރިކަން ކުރާ ފަރާތްތަކަށް ރަހުނަކާ ނުލާ ހަތްލައްކަ ރުފިޔާ އާ ހަމައަށް ލޯނު ނެގުމުގެ ފުރުސަތު ލިބޭ ގޮތަށް ފަރުމަސްވެރިކަމަށް ޚާއްސަކޮށްގެން ދޫކުރާ ލުއި ލޯނު ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.

މަސްވެރިންގެ ދަފްތަރު އިފްތިތާހުކުރުމަށާއި ފަރުމަސްވެރިކަމަށް ޚާއްސަކޮށްގެން ދޫކުރާ ލުއި ލޯނު ޕްރޮގްރާމް އިފްތިތާހުކުރުމަށް ށ ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މިއީ އެސްޑީއެފްސީ އަދި އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ތައާރަފްކުރި ލުއި ލޯނެއްކަމަށެވެ. އަދި މިއީ ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުވާލާފައިވާ ފުރުސަތެއް ކަމަށާއި ރާއްޖޭގައި ފަރުމަސްވެރިކަމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މަސްވެރިކަމެއްކަމަށެވެ.

Advertisement

ފަރުމަސްވެރިކަން ކުރެވޭ ވަރަށް ރަނގަޅު ހިސާބުތަކެއް ހުންނަ ކަމަށާއި މި ލޯނުގެ އެހީގައި އެފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވި ބާނާ މަސް ގަނެ ޕެކް ކުރުމުގެ ކަންކަންކުރެވިގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި މިލޯނުގެ އެހީގައި ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ކުދި އައިސްޕްލާންޓްތައް ގާއިމުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ވަރަށް ލުއިކޮށް ދޫކުރޭ ލޯނެއް، މިއީ ފަރު މަސް ވެރިކަމަށް ހާއްސަކޮށް ދޫކުރެވޭ ލޯނެއް. މި ލޯނު ހަތް ލައްކަ ރުފިޔާއަށް ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯނު ލިބުމުގެ ފުރުސަތު، އެ ލޯނަކީ އަދި ވަރަށް ލުއި ގޮތަކަށް ލިބޭ ލޯނެއްކަން މި އެނގެނީ
އަހުމަދު ޝިޔާމް/ މަސްވެރިކަމާއި ބެހޭ ވަޒީރު

މީގެއިތުރުން ތައާރަފްކުރެވިގެންދާ މަސްވެރިންގެ ދަފްތަރާއެކު ޖުމްލަ ގޮތެއްގައި މަސްވެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބިގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. ދަފްތަރު އެކުލަވާލެވި ވުޒާރަތަކާއި ގުޅުވާލުމުން މަސްވެރިންނަކީ ދައުލަތުން ދަންނަ ބައެއްކަމަށް ވެގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް