Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 14:45
ރާއްޖެ - ސަރބިއާ
ރާއްޖެ - ސަރބިއާ
ރާއްޖެއެމްވީ
ސަރބިއާ - ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ، ސަރބިއާގެ ޤައުމީދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފި
ރައީސްގެ މެސެޖުގައި ވަނީ ކުރިއަށްއޮތް އަހަރުތަކުގައި އެ ޤައުަމށް އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރބިއާގެ 23 ވަނަ ޤައުމީދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ސަރބިއާގެ ރައީސް އެލެކްސަންޑަރ ވުޗިޗްއާއި އެޤައުމުގެ ބޮޑުވަޒީރު އާނާ ބަރްނަބިޗްއަށް ވަކިވަކިން މެސެޖް ފޮނުއްވާ މަރުޚަބާ ވިދާޅުވެފައިވާ ކަމަށެވެ.

Advertisement

އަދި ރައީސް ފޮނުއްވި މެސެޖުގައި އެމަނިކުފާނުގެ އިޚުލާސްތެރި ހެޔޮއެދުންތައް އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ރައީސްގެ މެސެޖުގައި ވަނީ ކުރިއަށްއޮތް އަހަރުތަކުގައި އެ ޤައުމަށް އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް