Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 14:36
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވާހަކަދައްކަވަނީ
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ވަޒީރުން މަޖިލީހަށް ހާޒިރުކުރުން
ވަޒީރުން ހާޒިރުކުރަނީ ސަރުކާރަށް އުނދަގޫކުރާކަށް ނޫން، އެއީ ޑިމޮކްރެޓިކް ނިޒާމް: މެންބަރު އީވާ
ޑިމޮކްރެޓިކް ބެސްޓް ޕްރެޓިކްސްގެ ތެރެއިން ކަންކަން ކުރާނެ
ވަޒީރުން ހާޒިރުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކުރަނީ ސަރުކާރަށް އުނދަގޫ ކުރަން ނޫން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ޑިމޮކްރެޓިކް ނިޒާމް ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އީވާ ވިދާޅުވީ ސަރުކާރުގެ ވަޒީރުން ހާޒިރުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް ކަމަށާއި، އެއީ ރައްޔިތުން މަޖިލީހުން ކުރާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

Advertisement

ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަށް އިޝާރާތް ކުރައްވައި މެންބަރު އީވާ ވިދާޅުވީ މިނިޒާމުގެ ތެރެއިން މައުލޫމާތު އޮޅުން ފިލުވެން އޮތީ ވެސް ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެން ކަމަށެވެ. އެހެންކަމުން އެގޮތަށް އެކަން ކުރާނެ ކަމަށް މެންބަރު އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އީވާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމު ވެގެން ނޫން ކަމަށާއި، އެއީ ޑިމޮކްރެޓިކް ނިޒާމް ކަމަށެވެ. އަދި ޑިމޮކްރެޓިކް ބެސްޓް ޕްރެޓިކްސްގެ ތެރެއިން ކަންކަން ކުރާނެ ކަމަށް މެންބަރު އީވާ ވިދާޅުވިއެވެ.

ރިޔާސީ ނިޒާމުގައި ވަޒީރުން މިތިއްބަވަނީއެއް މަޖިލީހުގެ އެތެރޭގައި ނޫން. ބަރުލަމާނީ ނިޒާމެއް އަޅުގަނޑާ ޖެހިގެން އިންނަވާނީ ވަޒީރެއް. ނަމަވެސް ރިޔާސީ ނިޒާމެއްގައި އެ ޖަވާބުދާރީ ކުރެވެން އަންނަނީ ނުވަތަ މައުލޫމާތެއް އޮޅުންފިލުވާލެވެން އަންނަނީ ވެސް ވަޒީރުންނާއި ސަރުކާރުގެ އެކިއެކި ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން. އަޅުގަނޑުމެން އެންމެނަށް ވެސް ދުނިޔޭގެ ޕާލިމެންޓްތައް ހިނގާ ގޮތްގޮތް އަޅުގަނޑުމެންނަށް ފެނޭ. އަޅުގަނޑުމެންނަށް ފެނޭ އެމެރިކާގެ ރިޔާސީ ނިޒާމުގައި މަޖިލިސް ހިނގާ ގޮތް ވެސް އަދި އަޅުގަނޑުމެންނަށް ފެނޭ އިނގިރޭސިވިލާތުގައި ބަރުލަމާނީ ނިޒާމު ހިނގާ ގޮތް ވެސް. އަދި އިންޑިއާގައި ވެސް ބަރުލަމާނީ ނިޒާމު ހިނގާ ގޮތް ވެސް. ދެ ނިޒާމުގައި ވެސް. ބަރުލަމާނީ ނިޒާމުގައި ވެސް ރިޔާސީ ނިޒާމުގައި ވެސް ވަޒީރުން ހާޒިރުކުރުވައިގެން ވަޒީރުންނާއި ސުވާލުކުރާނެ. އެއީ ބަރުލަމާނީ ނިޒާމެއް ރިޔާސީ ނިޒާމެއް ވެސް ނޫން. އެއީ ޑިމޮކްރެޓިކް ނިޒާމް
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ 3 ބޭފުޅެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަނުކުރައްވާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފަށާފައިވާތީ އެކަމަށް ފާޑު ކިޔުއްވައި މެންބަރު އީވާ ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހަށް އިހްތިރާމް ނުކުރުން ކަމަށާއި، މުޅި ގާނޫނު އަސާސީއަށް އިހުތިރާމް ނުކުރުން ކަމަށެވެ. ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދުމަށް ގާނޫނު އަސާސީ ގައި ބަޔާންކޮށްފައިވާއިރު، ރުހުން ނުލިބޭ ކަމަށްވާނަމަ އެ މަގާމުގައި އެބޭފުޅުން ވެސް ތިއްބަވައިގެން ނުވާނެ ކަމަށް މެންބަރު އީވާ ވިދާޅުވިއެވެ.

މަޖިލީހުން ރުހުން ނުދިން ތިން ބޭފުޅުންނަކީ ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރާއި، އިސްލާމިކް މިނިސްޓަރުކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމްއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް