Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2024 | ހުކުރު 05:47
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މިހާރު
އޮޅުވާލައިގެން ފައިސާ ހޯދުން
އެޗްޑީސީން ފްލެޓު ލިބުނު ކަމަށް ބުނެ މީހެއްގެ އަތުން ދެ ލައްކަ ރުފިޔާ ނެގި މައްސަލައެއް ބަލަނީ
މިމައްސަލައިގައި އަދި މީހަކު ހައްޔަރެއްނުކުރޭ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފްލެޓު ލިބޭނެ ކަމަށް ބުނެ މީހެއްގެ އަތުން ދެ ލައްކަ ރުފިޔާ ހީލަތުން ނަގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ފްލެޓު ލިބޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެ މީހާގެ ބޭންކް އެކައުންޓުން ފައިސާ ނެގި މައްސަލައެއް ބުދަ ދުވަހުގެ ހަވީރު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އޮޅުވާލައިގެން ފައިސާ ހޯދާފައިވަނީ ގއ. ވިލިނގިލީ މީހެއްގެ އަތުންނެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ފެށި ނަމަވެސް މި މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

ފްލެޓު ލިބޭނެ ކަަމަށް ބުނެ މިފަދަ ސްކޭމްތައް ދޭތެރެ ދޭތެރެއިން ހިންގައެވެ. މިކަންކަމަށް ސަމާލުވުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް