Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 22:17
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ޔޫސުފް ސޮފްވާން ރަޝީދު
މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުން
އަލަށް އިމާރަތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރަންޖެހޭ ގޮތަށް ހަދައިފި
ސޯލާ ޕެނަލްތައް ހަރުކުރުމަކީ ކަރަންޓަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަ ވާނެ ކަމެއް

ރާއްޖޭގައި އަލަށް އިމާރަތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަކީ އެ މަޝްރޫއުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު ނިންމަވައިފިއެވެ.

އެކަން އިއުލާން ކުރައްވަމުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫޢުގެ ތެރެއިން، މިސްކިތް ނިމޭ އިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

Advertisement

އަދި އެކަމުގެ ސަބަބުން މިސްކިތްތައް އޭސީކުރަން ބޮޑު ލުޔެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު އާންމުކޮށް ރާއްޖޭގައި އިމާރަތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރެއްނުކުރެއެވެ. އެހެން ނަމަވެސް ސޯލާ ޕެނަލްތައް ހަރުކުރުމަކީ ކަރަންޓަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަ ވާނެ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 45 މިނެޓު ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް