ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 12:42
ސޭމް ޝެފާޑް މަރުވީ އުމުުރުން 73 އަހަރުގައި
ސޭމް ޝެފާޑް މަރުވީ އުމުުރުން 73 އަހަރުގައި
ގޫގުލް
ސޭމް ޝެފާޑް މަރުވުން
މަޝްހޫރު އެކްޓަރު ސޭމް ޝެފާޑް މަރުވެއްޖެ
މަރުވި އިރު އުމުރަކީ 73 އަހަރު

އެމެރިކާގެ މަޝްހޫރު އެކްޓަރު އަދި ޕްލޭރައިޓް ސޭމް ޝެޕަރޑް މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ ބުރާސްފަތި ދުވަހު ކެންޓަކީ ގައި ހުންނަ އޭނާގެ ގޭގައެވެ. މަރުވި އިރު އުމުރަކީ 73 އަހަރެވެ.

ޝެޕަރޑް މަރުވެފައި ވަނީ 'މޮޓޯ ނިއުރޯން ޑިޒީސް' ނުވަތަ އޭއެލްއެސްއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އޭނާ އެންމެ ފުރަތަމަ މުހިންމު ރޯލަކުން ފެނިފައި ވަނީ 1978 އަހަރު ރިލީޒް ކުރެވުނު ޓެރެންސް މަލިކް ގެ "ޑޭސް އޮފް ހެވެން" ގައެވެ.

ޝެފަރޑް ވަނީ 40 އަށް ވުރެ ގިނަ ޑްރާމާ ލިޔެފައެވެ. އަދި އޭނާ ލިޔުނު ޑްރާމާ "ބަރީޑް ޗައިލްޑް" އަށްޓަކައި 1979 ވަނަ އޭނާއަށް ވަނީ ޕުލިޓްޒަރ ޕްރައިޒްވެސް ލިބިފައެވެ.

1983 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު، "ދަ ރައިޓް ސްޓަފް" ގައި އޭނާ އަދާ ކުރި ރޯލަށް، ޝެޕަރޑް ވަނީ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ބައިން ނޮމިނޭޓްވެފައެވެ.

ޝެޕަރޑް މަރުވިއިރު އޭނާގެ ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް