Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2024 | ހޯމަ 09:50
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ
ރައްޔިތުންގެ މަޖިލިސް
ބޯހިޔާވަހިކަން
އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް
މިހާރު ގޯތި ދޫކޮށްފައިވާ ގުޅިފަޅާއި ގިރާވަރު ފަޅުންވެސް އިތުރު ތަންތަން ހިއްކާނެ
ރަށްރަށުގައި ބިން ހިއްކުމާއި ގޯތި ދޫކުރުމުގެ ކަންކަންވެސް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ

އަމާޒަކީ 5 އަހަރުގެ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރު ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އަމާޒަކީ 5 އަހަރުގެ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރު ކުރުންކަމަށެވެ.

މިހާރު ގޯތި ދޫކޮށްފައިވާ ގުޅިފަޅާއި ގިރާވަރު ފަޅުންވެސް އިތުރު ތަންތަން ހިއްކާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރަސްމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅާގައި އަސާސީ ޚިދުމަތްތައް ޤާއިމު ކޮށްދެއްވާނެކަމަށެވެ.

Advertisement

އޭގެ އިތުރުން، ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލު ކުރުމަށް ބިން ހިއްކުމާއި ގޯތި ދޫކުރުމުގެ ކަންކަން ވެސް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ހުރިހާ ގޯތިތަކާއި ނުހިއްކާ ހުރި ތަންތަނުން ދޫކޮށްފައިވާ ގޯތިތަކުގެ ވަގުތީ ލިޔުންތައް މިހާރު ހުރީ ތައްޔާރުކޮށް ނިިމިފައިކަމަށެވެ.

ރައީސް ވަނީ ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށް ވެސް ގޯތި ލިބުނުކަމުގެ ލިޔުން ދިނުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަޖިސްޓްރީ ހެދުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނުހިއްކި ހުރި ސަރަޙައްދުތަކުން ގޯތި ލިބޭ މީހުންނަށް ވެސް ގޯތި ލިބޭނެ ކަމުގެ ޔަޤީންކަން ދިނުމަށް ސަރުކާރުން ވަގުތީ ލިޔުން ދޫކުރަމުންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް