ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 22:30
އޭސީސީ މެންސް ޗެލެންޖްކަޕްގައި ވާދަކުރާ ޓީމްތަކުގެ ކެޕްޓަނުން
އޭސީސީ މެންސް ޗެލެންޖްކަޕްގައި ވާދަކުރާ ޓީމްތަކުގެ ކެޕްޓަނުން
އޭސީސީ މެންސް ޗެލެންޖް ކަޕް
41 ލަނޑުން މޮޅުވީ ސިންގަޕޯރ
ރާއްޖޭގެ ފުރަތަމަ އަމާޒަކީ ސެމީފައިނަލް

އޭސީސީ މެންސް ޗެލެންޖް ކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެންމެ ވަރުގަދަ ސިންގަޕޯރ އަތުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް ބަލިވީ 41 ލަނޑުންނެވެ. ތައިލެންޑްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިއަދު 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވިއިރު ހެދުނީ 158 ލަނޑެވެ. ސިންގަޕޯރ އިން ވަނީ 20 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 199 ލަނޑު ހަދާފައެވެ. މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ގިނަ ލަނޑު ހެދީ 33 ލަނޑު ހެދި އިސްމާއީލް އަލީ އެވެ. މީގެއިތުރުން އާދަމް ނާސިފް އުމަރު 29 ލަނޑު ހެދިއެވެ. ސްރީލަންކާ ޓީމުން އެންމެގިނަ ލަނޑު ހެދި ސުރެންޑްރަން ޗަންދުރަމޯހަން 82 ލަނޑު ހެދިއެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އާދިއްތަ ދުވަހު ވާދަކުރާނީ ޖަޕާނާއެވެ. ތިންވަނަ މެޗުގައި އަންގާރަ ދުވަހު ވާދަކުރާނީ ތައިލެންޑާއެވެ. ސެމީފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ދެޓީމެވެ. ރާއްޖޭގެ ފުރަތަމަ އަމާޒަކީ ސެމީފައިނަލެވެ.

- ކޮމެންޓް