ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 10:31
ކްރިކެޓު ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް
ކްރިކެޓު ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
ހުކުރު ދުވަހު ކުރިއަށް ދިޔަ ކްްރިކެޓު ބޯޑުގެ އިންތިޚާބު ފައިސަލް ކާމިޔާބު ކުރީ ފަރުހަތު ޖަލީލާ ވާދަކޮށެވެ.

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސަކަށް، އެ މަޤާމުގައި ހުރި މުޙައްމަދު ފައިސަލް އަނެއްކާ ވެސް އިންތިޚާބު ކޮށްފި އެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ ކްްރިކެޓު ބޯޑުގެ އިންތިޚާބު ފައިސަލް ކާމިޔާބު ކުރީ ފަރުހަތު ޖަލީލާ ވާދަކޮށެވެ. ރައީސްކަމުގެ ދެ ވަނަ ދައުރެއް ފައިސަލް ކަށަވަރު ކުރީ، އިންތިޚާބުގައި 10 ވޯޓި ހޯދައިގެންނެވެ. ފައިސަލާ ވާދަކުރި ފަރުހަތު އަށް އިންތިޚާބުގައި ލިބިފައި ވަނީ ހަތް ވޯޓެވެ. އިންތިޚާބުގައި ޖުމުލަ 17 ފަރާތަކުން ވަނީ ވޯޓުލައިފަ އެވެ.

މީގެ ކުރިންް ކްރިކެޓުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ފައިސަލް، މިއީ ކްރިކެޓު ބޯޑުގެ ރައީސަކަށް އިންތިޚާބުވި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކްރިކެޓުގެ ރައީސަކަށް ފައިސަލް އިންތިޚާބުވެފައި ވަނީ 2020 ވަނަ އަހަރު އެވެ. ނަމަވެސް، އެ ފަހަރުގެ އިންތިޚާބުގައި ފައިސަލާ ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ނެތެވެ.

ކްރިކެޓު ބޯޑުގެ ނައިބު ރައީސްގެ މަޤާމަށް ހޮވުނީ އަޙުމަދު އިޝްއާގު އެވެ. މީގެ އިތުރުން އެހެން މަޤާމުތަކަށް އިންތިޚާބުވީ، އަޙުމަދު ޙުސެއިން، ޢަބްދުﷲ ސައުދާން އިބްރާހީމް އަދި އަޙުމަދު އަސްއަދު ވަޙީދު އެވެ. މި ތިން މެމްބަރުންނަކީ ފުލް މެމްބަރުންނެވެ. އެސޯސިއޭޓު މެމްބަރުންނަށް އިންތިޚާބުވީ، އިބްރާހީމް މޫސާގެ އިތުރުން، އަލީ ޠާލިބު އެވެ.

ކްރިކެޓު ބޯޑުގެ ފަރުދީ މެމްބަރުންގެ ގޮތުގައި އިންތިޚާބުވީ އަޙުމަދު ކަލީމް އެވެ. އެ މަޤާމަށް ކުރިމަތިލީ ވެސް އޭނާ އެކަންޏެވެ. އެހެންވެ އޭނާ އަށް ރުހުން އޮތްތޯ ބެލުމަށް ވަނީ ފެންނަ، ނުފެންނަ ވޯޓެެއް ނަގައިފަ އެވެ.

- ކޮމެންޓް