Advertisement
ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 22:11
މެލޭޝިޔާގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ފޮނުއްވާފައި
މެލޭޝިޔާގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ފޮނުއްވާފައި
ރައީސް އޮފީސް
ރައީސްގެ ތަހުނިޔާ މެލޭޝިޔާގެ ރަސްގެފާނަށް
ރައީސުލްޖުމްހޫރިއްޔާ، މެލޭޝިޔާގެ އައު ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެއްޖެ
މި ޒަޢާމަތުގައި އިތުރަށް ގުޅުން ބަދަހިވެ އާރޯވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިޔާގެ ރަސްކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މެލޭޝިޔާގެ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ.

Advertisement

ރައީސްގެ މެސެޖްގައި، ދިވެހިރާއްޖެއާ މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުން، ރަސްގެފާނު ސުލްޠާން އިބްރާހީމުގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެ އާރޯވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދެގައުމުން އެކުގައި މަސައްކަތްކޮށް، ދެގައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެކިއެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖް ނިންމަވާލެއްވެވީ މެލޭޝިޔާގެ ރަސްގެފާނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް