ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 12:59
ކްލޮޕް އާއި ވެންޑައިކް
ކްލޮޕް އާއި ވެންޑައިކް
ގޫގުލް
ލިވަޕޫލް
ކްލޮޕްގެ ނިންމުމުން އުނދަގޫވި، ލިބުނީ ހިތްވަރެއް: ވެންޑައިކް
ކުޅުންތެރިން ކުލަބުގައި ހިފެހެއްޓިފައި ތިބުމުގެ އެއް ސަބަބަކީ އޭނާ: ވެންޑައިކް

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލަން ނިންމުމުން އެކަން ބަލައިގަންނަން ކުޅުންތެރިންނަށް އުނދަގޫވި ކަމަށާއި ނަމަވެސް އެކަމުން އިތުރު ހިތްވަރެއް ލިބުނު ކަމަށް ކެޕްޓަން ވާޖިލް ވެންޑައިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ކްލޮޕް މި ސީޒަނަށް ފަހު ލިވަޕޫލާ ވަކިވާނެކަން އިއުލާނުކުރިތާ އެއް ދުވަސް ފަހުންނެވެ.

ކޯޗުގެ ނިންމުމުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫވި. ނަމަވެސް އޭނާ އާއި އޭނާގެ އާއިލާއަށްޓަކައި ކޯޗު އެއޮތީ ގޮތް ނިންމާފައި. އެކަމަށް ކުރެވޭނެ ކަމެއްނެތް. ކޯޗަކީ އަހަރުމެން އެންމެނަށް ވެސް ވަރަށް މުހިންމު މީހެއް. އޭނާ އަކީ އަހަރުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ހުދު އަހަރެންނަށް ވެސް އޭނާ އަކީ ވަރަށް މުހިންމު މީހެއް. ކުޅުންތެރިން ޓީމުގައި ހަރުލާފައި ތިބުމުގެ އެއް ސިއްރަކީ ވެސް އޭނާ
ވެންޑައިކް

އޭނާ ބުނީ މި ސީޒަނުގައި ލިވަޕޫލަށް ހަތަރު ތަށި ހޯދެން އޮތުމުން ކުޅުންތެރިންގެ ވިސްނުމަކީ ކްލޮޕްއާއެކު ކާމިޔާބު ހޯދުމަށް އިތުރަށް މަސައްކަތް ކުރުން ކަމަށެވެ. ސަބަބަކީ ކްލޮޕް އަކީ ކާމިޔާބު ހޯދަން އެނގޭ ކުޅުންތެރިންނާ ގުޅޭ، ކުޅުންތެރިން ކުރިއަރުވާ ކޯޗަކަވުން ކަމަށެވެ.

އޭނާ އަކީ އަހަރުމެންގެ ކުރިއެރުމުގެ ވަރަށް މުހިންމު ބައިވެރިއެއް. އަހަރުމެން ގޮވައިގެން ކާމިޔާބު ހޯދާފައިވާ ކޯޗެއް. މިހެންވެ އިތުރު ކާމިޔާބު ހޯދުމަކީ ކުޅުންތެރިން މިވަގުތު އެންމެ ބޭނުންވާ ކަންތައް
ވެންޑައިކް

2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވި ކްލޮޕް ކޯޗުކަން ދޫކޮށްލަން ކްލޮޕް ނިންމީ އޭނާ ވަރުބަލިވެއްޖެ ކަމަށާއި އަބަދު މަސައްކަތުގައި ނޫޅެވޭނެ ކަމަށް ބުނެފަ އެވެ. އުމުރުން 56 އަހަރުގެ ކޯޗު ބުނީ ދެން އަދާކުރާނެ ވަޒީފާ ބުނަން ނޭނގުނު ނަމަވެސް ކުރިއަށް އޮތް އަހަރު އެއްވެސް ޓީމަކަށް ކޯޗުކޮށްނުދޭނެ ކަމަށެވެ. އަމުދުން ލިވަޕޫލަށް އިހްތިރާމް ކުރުމުގެ ގޮތުން އިނގިރޭސި ޓީމަކަށް ކޯޗުކޮށްނުދޭނެ ކަމަށެވެ.

- ކޮމެންޓް