Advertisement
ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 13:38
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
އެއްވެސް ކަމަކު ޕީޖީ އޮފީހަށް ޢާންމުންގެ މީހަކު އަންނާކަށް ނުޖެހޭނެ، ހުރިހާ ޚިދުމަތެއް މިހާރު އޮންލައިންކޮށް ދެވޭނެ: ޝަމީމް
ކޯޓަށް ފޮނުވާ މައްސަލަވެސް އޮންލައިންކޮށް ފޮނުވޭނެ ޓެކްނޮލޮޖީ އެބަހުރި
ޕީޖީ އޮފީހުގައި ފޮރުވާނެ އެއްޗެއް ނޯންނާނެކަމަށްވެސް ޝަމީމް ވިދާޅުވި

ތަޙްޤީޤީ އިދާރާއިން ކަންތައްކުރި ގޮތާމެދު ހުށަހަޅާ ޝަކުވާ އޮންލައިންކޮށް ފޮނުވޭ ނިޒާމެެއް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ޤާއިމުކޮށްފިއެވެ.

ޕީޖީ ހުސައިން ޝަމީމް އޭނާގެބްލޮގްގައިލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހަޅާ ޓެބެއް އޮންނާނެ ކަމަށާއި، ޝަކުވާ ހުށަހަޅާ މީހާ ކުރަންޖެހޭނީ ދެކަމެއް ކަމަށެވެ. އެއީ އެމީހެއްގެ ޝަކުވާއަކީ ކޮބައިކަމާއި، ތަޙްޤީޤީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުމެވެ.

ޝަމީމް ވިދާޅުވީ، ފޯމު ހުށަހެޅުމުން، ޝަކުވާ ފޯމު ސީދާ ގޮސް ލިބޭނީ އެމައްސަލައެއް ބެލުމާ ޙަވާލުވެ ހުރި ޕްރޮސިކިއުޓަރުގެ ސްކްރީނަށް ކަމަށެވެ.

އަދި ޝަކުވާ ހުށަހެޅުމާއި ޖަވާބު ހޯދުމަށް އެއްވެސް ތަނަކަށް ދާކަށް ނުޖެހޭނެކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، އޮންލައިން ޕޯޓަލްގެ ތެރެއިން އެމީހަކު މިހާތަނަށް ޕީޖީ އޮފީހާ ކުރި ހުރިހާ މުޢާމަލާތުތަކެއް، ހުށަހެޅި ފޯމުތަކާއި އެފޯމުތަކަށް ދީފައިވާ ޖަވާބުތަކާއެކު ފެންނަން ހުންނާނެ ކަމަށެވެ.

Advertisement

ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުގެ ޚިދުމަތްތައް "ލަގްޒަރީ ޕަބްލިކް ސަރވިސްއަކަށް" ހެދުމުގެ ރާސްތާގައި އެންމެ ފުރަތަމަ ބަދަލުކުރީ ފޯނަށްޖަވާބުދޭ ގޮތް ކަމަށެވެ.

އެއަށްފަހު، ކުށުގެ ރެކޯޑު ސާފުކޮށްދިނުން އޮޓޯމޭޓްކޮށް، ވަގުތުން ލިބޭގޮތް ހަދާފައިވާއިރު،މައްސަލައެއްގައި އަނިޔާ ލިބޭ މީހަކަށް، އެމީހެއްގެ މައްސަލައެއް ހިނގާގޮތް ކޮންމެ ވަގުތަކުވެސް ބެލޭނެކަމަށްޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ޝަކުވާ ހުށަހެޅުމުގެ ނިޒާމާއެކު، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް މިހާރު އޮންލައިންކޮށް ދެވޭނެ ކަމަށާއި، އެއްވެސް ކަމަކު ޕީޖީ އޮފީހަށް ޢާންމުންގެ މީހަކު އަންނާކަށް ނުޖެހޭނެ ކަމަށެވެ. އެގޮތުން ކޯޓަށް ފޮނުވާ މައްސަލަވެސް އޮންލައިންކޮށް ފޮނުވޭނެ ޓެކްނޮލޮޖީ އެބަހުރިކަންޝަމީމް ފާހަގަ ކުރެއްވިއެވެ.

ޕީޖީ އޮފީހުގައި ފޮރުވާނެ އެއްޗެއް ނޯންނާނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އެގޮތުން އޮފީހުގެ މަސައްކަތްތައް ކުރިއަށްދާގޮތާބެހޭ މަޢުލޫމާތު، ވަގުތުން ވަގުތަށް އަދާހަމަވާ ވެބްސައިޓެއް މިހާރު ހުންނާނެކަމަށާއި، ނޫސްވެރިންނަށް ބޭނުންވެދާނެ ހުރިހާ މަޢުލޫމާތެއް ޢާންމުކުރާ ވަކި ވެބްސައިޓެއް އެބައޮތްކަމަށް ޝަމީމް ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް