ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 18:13
މާފަންނު ގެޔެއްގައި އަލިފާން ރޯވުން
މާފަންނު ގެޔެއްގައި އަލިފާން ރޯވުން
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާއެއް ހިނގުން
މާފަންނު ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި، އެޕާޓްމަންޓްގައި ހަރުކޮށްފައިހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވޭ

މާފަންނު ޕަރުވާނާގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މާފަންނު ޕަރުވާނާގެއިން ދުން އަރާކަމުގެ މަޢުލޫމާތު ހޮނިހިރު ދުވަހު 14:14 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. މިގޮތުން ގޮސް ބެލިބެލުމުން، މ.ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެެއްގައި ހަރުކޮށްފައިހުރި އޭސީ އިންޑޯ ޔުނިޓެއްގައި އަލިފާން ރޯވެފައި ހުރުމުން، އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 14:30 ހާއިރު ރޯވެފައި ހުރި އަލިފާން ނިއްވާލާފައެވެ. 

Advertisement

މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި، އެޕާޓްމަންޓްގައި ހަރުކޮށްފައިހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް