Advertisement
ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 05:42
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
އީސީގެ މެމްބަރުކަމަށް ހުޅުވާލުން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 30 ޖަނަވަރީ ވާ އަންގާރަ ދުވަހުގެ 12:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި
ދައުރު ހަމަވަނީ އީސީގެ ނައިބު ރައީސްކަމުގައި ހުންނެވި އިސްމާއީލު ހަބީބު ގެ

އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 30 ޖަނަވަރީ ވާ އަންގާރަ ދުވަހުގެ 12:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖަނަވަރީ 29 އަދި 30 ވަނަ ދުވަހު، ހެނދުނު 08:30 އިން މެންދުރު 12:30 އާ ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

Advertisement

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ދައުރު ހަމަވަނީ އީސީގެ ނައިބު ރައީސްކަމުގައި ހުންނެވި އިސްމާއީލު ހަބީބުގެއެވެ. ހަބީބުގެ ދައުރު ހަމަވަނީ މަރޗް މަހުގެ 13 ވަނަ ދުވަހަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް