ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 16:20
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންތަކެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންތަކެއް
ސަން އޮންލައިން
ރީ-ރަޖިސްޓްރޭޝަން މުއްދަތު އިތުރުކުރުން
އެމްޑީޕީން މަޖްލިސް ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަން މުއްދަތު އިތުރުކޮށްފި
ޕްރައިމަރީއަކާއި ނުލާ އެމްޑީޕީގެ މަޖިލިސް ޓިކެޓް 44 ފަރާތަކުން ވަނީ ކަށަވަރުކޮށްފައި
މި ދާއިރާތަކުގެ ޕްރައިމަރީ އޮންނާނީ 03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު
ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި މުއްދަތު 22 ޖަނަވަރީ 2024 ވަނަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް ވަނީ އިތުރުކޮށްފައި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 20 ވަނަ ރައްޔިތުންގެ މަޖްލިސް ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަން މުއްދަތު އިތުރުކޮށްފިއެވެ.

އެމްޑީޕީން ބުނީ 20 ވަނަ ރައްޔިތުންގެ މަޖްލިސް ޕްރައިމާރީގެ ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި މުއްދަތު 22 ޖަނަވަރީ 2024 ވަނަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ. ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަން މުއްދަތު ހަމަވާން އޮތީ 18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އަށެވެ.

އެމްޑީޕީން މަޖްލިސް ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަން މުއްދަތު އިތުރުކޮށްފައިވާއިރު، ޕްރައިމަރީއަކާއި ނުލާ އެމްޑީޕީގެ މަޖިލިސް ޓިކެޓް 44 ފަރާތަކުން ވަނީ ކަށަވަރުކޮށްފައެވެ.

Advertisement

20 ވަނަ ރައްޔިތުންގެ މަޖިލިސްއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން، ޝައުޤުވެރިކަންފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއިއެކު މިހާރު ވަނީ އާންމުކޮށްފައެވެ. މި ދާއިރާތަކުގެ ޕްރައިމަރީ އޮންނާނީ 03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުއެވެ.

ކުރިން ޕްރައިމަރީ ބޭއްވުމަށް ނިންމީ މި މަހުގެ 26 އަދި 27 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް