ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 14:32
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު
ސަރުކާރު ވަޒީފާތަކުން މީހުން ކަނޑާލުން
ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންނަށް ހައްގު ހޯދައިދޭން ޓަކި ނުދޭނެ އެންމެ ދޮރެއްވެސް ނުބަހައްޓާނަން - މެންބަރު އީސަ
މި ސަރުކާރުން 500 އާއި ގާތް ކުރާ އަދަދަކަށް މީހުން ކަނޑާލާފައިވާ ކަމަށް ބެލެވޭ ކަމަށް އީސާ ވިދާޅުވި
ވަޒީފާއިން ވަކިކޮށްފި ނަމަ ހައްގު ހޯދަން މަސައްކަތް ކުރަން އީސާ ގޮވާލެއްވި

މި ސަރުކާރުން ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންނަށް ހައްގު ހޯދަން ޓަކި ނުޖަހާނެ އެންމެ ދޮރެއްވެސް ނުބަހައްޓަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު އީސަ ވިދާޅުވީ މި މައްސަލައާ ގުޅިގެން މަޖިލީހުގެ ތެރެއިން ވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. މިވަގުތު މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް މަޖިލީހުގެ ޗުއްޓީ ނިންމާ މަސައްކަތްތައް ފެށުމުން އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ އެއް މަސައްކަތަކީ މިއީކަން ވެސް އީސާ ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަމުންގެންދަވާ މެންބަރު އީސާ ވިދާޅުވީ ކޮމިޓީ މަރުހަލާގައާއި މަޖިލީހުގެ ތަޅުމުގައި ވެސް މިކަމާމެދު ސަރުކާރު ޖަވާބުދާރީ ކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުން 500 އާއި ގާތް ކުރާ އަދަދަކަށް މީހުން ކަނޑާލާފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހުރިހާ އެންމެންވެސް ހައްގު ހޯދަން ނުކުތުމަށް އީސަ ވަނީ ގޮވާލައްވާފައެވެ.

Advertisement

މެންބަރު އީސަ މިފަދައިން ވިދާޅުވެފައިވާއިރު ފެނަކައިން އެއްފަހަރާ ގިނަ އަދަދެއްގެ ކޮންޓްރެކްޓް މުވައްޒަފުން ކަނޑާލި މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ. އަދި ސަރުކާރުގެ އެހެން ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާކަމަށް ވަނީ އަޑު ފެތުރިފައެވެ. އަދި ހއ. ދިއްދޫ ފެނަކައިގައި މަސައްކަތް ކުރަމުންދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލައެއް މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ. އެއީ ހއ. ދިއްދޫ ފެނަކައިގެ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމަކާއި ނުލާ، ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމުންނެވެ. އެ މައްސަލައިގައި ބުނެފައިވަނީ މިކަމުގެ ސަބަބުން، އެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ނުހަނު ބޮޑު ނުތަނަވަސްކަމެއް ލިބި، އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން މި ވަގުތު އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި އިންޖީނުގޭގެ މަސައްކަތް ނުނިމޭ ކަމަށާއި، އެހެންކަމުން އެ މުވައްޒަފުން ކުއްލިގޮތަކަށް ވަޒީފާތަކުން ވަކިކުރުމުން، އެ މަސައްކަތް ހުއްޓި އަދި މުވައްޒަފުންނާއި އާއިލާތަކަށް ބޮޑު ގެއްލުންތަކާއި ނިކަމެތިކަމެއް މެދުވެރިވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް