ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 05:57
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ރާއްޖެއެމްވީ
ރާއްޖޭގެ ސިޔާސީ މަސްރަހު
ފެނިގެންދަނީ ސިޔާސީ ބޭނުމަކަށް ފަތުރުވެރިކަން ނުރައްކަލަށް ވައްޓާލަމުންދާތަން: އަމީރު
 
މިސަރުކާރު ފާހަގަވަމުންދަނީ ކުރީގެ ސަރުކާރުން ކޮށްފައި ހުރި ކަންކަމުގެ ކްރެޑިޓް ނަގަން މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައިކަމަށް އަމީރު ވިދާޅުވި
 
ފަތުރުވެރިކަން ކުރިއަރުވަން ބަލާއިރު ލިބިފައި އޮތް މާކެޓެއް ގެއްލިގެންދިޔުމުގެ ސަބަބުން އެކަމުގެ އަސަރު ކުރާނެކަމަށް އަމީރު ވިދާޅުވި

ފެނިގެންދަނީ ސިޔާސީ އަމިއްލަ ބޭނުމަކަށް ކުރަމުންދާ ކަންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރަށް ބޮޑު ނުރައްކަލަކަށް ވެއްޓިގެންދާތަންކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިޞާދީ ކަންކަން ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ބައެއް ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށްކަމަށެވެ. އަދި ނުސީދާގޮތަކުން އެހެން ސިނާއަތްތައް ވެސް ވަނީ ވަރަށް ބޮޑަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިފައިކަމަށް އަމީރު ވިދާޅުވިއެވެ.

އިންޑިޔާ އާއި ރާއްޖެ އާ ދެމެދު މިހާރު ހިނގަމުންދާ ކަންކަމަށް އަލިއަޅުވާލައްވާ އަމީރު ވިދާޅުވީ އިންޑިޔާއަކީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ ބޮޑު މާކެޓްކަމަށެވެ. ފަތުރުވެރިކަން ކުރިއަރުވަން ބަލާއިރު ލިބިފައި އޮތް މާކެޓެއް ގެއްލިގެންދިޔުމުގެ ސަބަބުން އެކަމުގެ އަސަރު ކުރާނެކަމަށް އަމީރު ވިދާޅުވިއެވެ.

ފަތުރުވެރިކަން ކުރިއަރުވަން ބަލާއިރު ހުރިހާ ގައުމަކުން ފަތުރުވެރިން އަންނައިރު އަޅުގަނޑުމެންގެ އަތުގައި އޮތް ކައިރީގައި އޮތް މާކެޓެއް ގެއްލިގެންދިޔުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭނެ ދެރައެއް. އެއާއެކު ރާއްޖޭގެ އެހެނިގެން ސިނާއަތްތަކަށް ވެސް އޭގެ ގެއްލުންވެގެންދާނެ.
އިބްރާހީމް އަމީރު / ކުރީގެ ފިނޭންސް މިނިސްޓަރު

މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މިސަރުކާރު ފާހަގަވަމުންދަނީ ކުރީގެ ސަރުކާރުން ކޮށްފައި ހުރި ކަންކަމުގެ ކްރެޑިޓް ނަގަން މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގައިކަމަށެވެ. އެގޮތުން މި ސަރުކާރު މިހާތަނަށް އައިއިރު އެކިއެކި މިނިސްޓްރީތަކުގެ މަސައްކަތްތައް ރާވާލާ ކަންކަން ކުރާ ހިސާބަށް އައިސްފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

ނަމަވެސް ފެންނަމުންދަނީ ކުރީ ސަރުކާރުން ކުރި ކަންކަން މުޅިން އައު ނަމެއްގައި އެހެން ކަމެއްގެ ގޮތުގައި ފަރުމާކޮށްގެން ރައްޔިތުންނަށް ދެއްކުމަށް މަސައްކަތްކުރާތަން ކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން އެންމެ ފަހުން އެއަރޕޯޓުގައި ހުޅުވިގެންދިޔަ ކާގޯ ޓާމިނަލީ ކުރީ ސަރުކާރުން ކޮށްފައިވާކަމެއްކަމަށާއި ނަމަވެސް އެތަން ހުޅުވިގެންދިޔައިރު އެއީ މި ސަރުކާރުން ކުރިކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރިކަމަށް އަމީރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް