ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 20:02
ރޮޒައިނާ އާދަމް
ރޮޒައިނާ އާދަމް
ދިރާސީ އަހަރު ބަދަލުކުރުން
ދިރާސީ އަހަރު ބަދަލުކުރުމަށް އިއުލާން ކުރީ ރަނގަޅަށް ތައްޔާރު ނުވެ - ރޮޒައިނާ
ވާން ޖެހޭ ތައްޔާރީތައް ނުވެ އެފަދަ ކަމެއް ނިންމައިގެން ނުވާނެ ކަމަށް ވެސް ރޮޒައިން ވިދާޅުވި

ދިރާސީ އައު އަހަރު ބަދަލުކުރުމަށް ސަރުކާރުން އިޢުލާން ކުރީ ވާން ޖެހޭ ތައްޔާރީތައް ނުވެ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ ދިރާސީ އައު އަހަރު ބަދަލުކުރުމުން މިހާރު ގްރޭޑް 10ގައި ތިބި ދަރިވަރުންނަށް އޯލެވެލް އިމްތިހާން ކުރިމަތިވަނީ ސްކޫލް ޗުއްޓީ ދުވަސްވަރާ ކަމަށް ވުމުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ. މިއީ ބެލެނިވެރިންގެ ކަންބޮޑުވުމެއް ކަމަށާއި ސްކޫލްތަކަށް ލިބެން ޖެހޭ މައުލޫމާތުތައް ވެސް ނުލިބޭ ކަމަށް ރޮޒައިނާ ވިދާޅުވިއެެވެ. ވާން ޖެހޭ ތައްޔާރީތައް ނުވެ އެފަދަ ކަމެއް ނިންމައިގެން ނުވާނެ ކަމަށް ވެސް ރޮޒައިން ވިދާޅުވިއެވެ. ރޮޒައިނާ ވަނީ އެފަދަ ނިންމުންތައް ނިންމަންވާނީ ވަރަށް ބޮޑަށް ދިރާސާ ކޮށްގެން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދަރިވަރުން އެކަމާއި މެދު ހިތްހަމަ ނުޖެހިގެން ޕެޓިޝަންތައް ހުށަހަޅާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން ދިރާސީ އައު އަހަރަށް ގެނެވުނު ބަދަލާއެކު، މިހާރު ގްރޭޑް 10ގައި ކިޔަވާ ކުދިންނަށް ނުރައްކާތެރި ހާލަތެއް ކުރިމަތިވާ ކަމަށާއި ދަރިވަރުންނަށް ފިލާފަޅު ގެއްލޭ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ގްރޭޑް 10ގައި ތިބި ދަރިވަރުންނަށް އޯލެވެލް އިމްތިހާނާއި ކުރިމަތިލާން ޖެހެނީ ވާން ޖެހޭ ތައްޔާރީތައް ނުވެ ކަމަށް ވުމުން ދަރިވަރުންނަށް ފިލާވަޅުތަކުން ބައެއް ގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އެފަދަ ނިންމުމެއް ތެޅިގަނެގެން ނިންމުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެ ނިންމުމުގެ ސަބަބުން ދަރިވަރުންނަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ވެސް ފުރުސަތު ނުލިބޭ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް