ކ. މާލެ
|
17 މާރޗް 2025 | ހޯމަ 17:15
އައްޑޫ މީދޫ ދާއިރާގެ ކުރީގެ މިޖިލިސް މެމްބަރު އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ރާއްޖެ ޓީވީއަށް ބަސްދީގަތުން ދިނުމުގެ ތެރެއިން
އައްޑޫ މީދޫ ދާއިރާގެ ކުރީގެ މިޖިލިސް މެމްބަރު އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ރާއްޖެ ޓީވީއަށް ބަސްދީގަތުން ދިނުމުގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ ކުއްލި އެއްވުން
ރައްޔިތުންނަށް އާސަންދައިން ބޭސްގުޅައެއް ނުލިބިގެން އުޅޭއިރު، މި ސަރުކާރުން މިއުޅެނީ މިސައިލް ނުގަނެވިގެން: ރޮޒެއިނާ
ހޯމަ ދުވަހުގެ މެންދުރުފަހު 1:30ގައި އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ރޫހުމުގެ މެމްބަރު ޚަދީޖާ މުޙައްމަދު ވަނީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުކޮށްފަ
ޤާނޫނު އަަސާސީން ލިބިދީފައި އެ ހައްޤުތަކާއި އެއްގޮތަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމުން ބައެއް ފަހަރު އާންމުންނަށް ވެސް އުނދަގޫ ވާނެ
މުޒާހަރާ ކުރުމުގެ ހައްޤުތައް ދީފައި މި އޮންނަނީ އާންމުންނަށް އެކަމުން އެ ކުރިމަތިވާ އުނދަގުލަށް ވުރެ މުހިންމު ހައްޤުތަކެއް ދިފާއުކުރުމަށް

ރައީސް މުއިއްޒުގެ މި ސަރުކާރުގެ ކަރަޕްޝަން އިތިހާއަށް ގޮސްފައިވާއިރު، ރާއްޖޭގެ ރައްޔިތުން މިއުޅެނީ އާސަންދައިން ބޭސްގުޅައެއް ނުގަނެވިގެން ކަމަށާއި ނަމަވެސް މި ސަރުކާރުން އުޅެނީ މިސައިލް ނުގެނެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ މެންދުރުފަހު އިދިކޮޅު މައިޕާޓީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރު ޚަދީޖާ މުޙައްމަދު ވަނީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުކޮށްފައެވެ. އެ ސަރަހައްދުގައި ހުރެ ރާއްޖެއެމްވީއަށް ރޮޒެއިނާ ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤާއި މުޒާހަރާ ކުރުމުގެ ހައްޤާއި އިހުތިޖާޖު ކުރުމުގެ ހައްޤު ރާއްޖޭގެ ޤާނޫނު އަސާސީން އެބަ ލިބިދޭ ކަމަށާއި އަދި އެ ހައްޤުތަކުގެ ވާހަކަ ޤާނުނު އަސާސީގައި ލިޔެފައި އޮންނަނީ ތަންފީޒުވެގެން ދާއިރުގައި އާންމުންނަށް ވެސް އުނދަގޫ ވާނެކަން އެނގި ހުރެ ކަމަށެވެ.

އަދި ޤާނޫނު އަަސާސީން ލިބިދީފައި އެވާ ހައްޤުތަކާއި އެއްގޮތަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމުން ބައެއް ފަހަރު އާންމުންނަށް ވެސް އުނދަގޫ ވާނޭ ކަމަށާއި ނަމަވެސް އެ ހައްޤުތައް ދީފައި މި އޮންނަނީ އާންމުންނަށް އެކަމުން އެ ކުރިމަތިވާ އުނދަގުލަށް ވުރެ މުހިންމު ހައްޤުތަކެއް ދިފާއުކުރުމަށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރު ހައްދުފަހަނައަޅައި ދާއިރުގައި ފެނިގެން މިދަނީ ކޮރަޕްޝަން އިންތިހާއަށް މައްޗަށް ގޮސްފައިވާ މަންޒަރު ކަމަށެވެ. އެގޮތުން މިގައުމުގެ ރައްޔިތުންނަށް އާސަންދައިން ބޭސްގުޅައެއް ގަންނަން ނުލިބިގެން އުޅޭއިރު، މި ސަރުކާރުން މިއުޅެނީ މިސައިލް ނުގަނެވިގެން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މިހުރިހާ ކަންތައްތަކަކާއި ގުޅިގެން ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑެތި ޝައްކުތައް އުފެދި، ބޮޑެތި ކޮރަޕްޝަންތަކެއްގެ އަމަލުތައް ހިންގުމަށް ޓަކައި ކަމަށް މިބޭފުޅުންގެ މި ހުރިހާ ޕޮލިސީތަކެއް ބައްޓަންވެފައި މިހުންނަނީ. މިއީ މިއަދު ރައްޔިތުން ކުރަމުން ގެންދާ ސުވާލެއް. އެހެންވީމައި މިވަގުތު އެމްޑީޕީން މަގުމައްޗަށް ނުކުމެ ކުރަމުން މުގެންދާ މުޒާހަރާތަަކަކީ މި އަޅުގަނޑުމެންނަށް މިހާރު އެތަކެއް ގޮތަކުން ހާލަތު ވެއްޓިފައި މި އޮތް ހިސާބަށް ބަލާއިރު، ރައްޔިތުންނަށް އެތައް ތަކުލީފުރތަކެއް އުފުލަން މިވަނީ ޖެހިފަ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް

ރޮޒެއިނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް މިއަދު މަގުމައްޗަށް ނުކުންނަށް މަޖުބޫވެގެން އުޅެނީ އެބައި މީހުންގެ އެތަކެއް ހައްޤުތަކެއް މި ސަރުކާރުން ނިގުޅައިގެންފައި އޮތުމުން ކަމަށާއި އެގޮތުން މި ސަރުކާރުގެ ސަބަބުން މިއަދު އެތައް ބައަކަށް ބޯހިޔާވަހިކަން ނުލިބިފައި އެބަހުރި ކަމަށެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން ރައްޔިތުންނަށް ލިބެމުން އައި އާސަންދަވެސް މުޅި ނެތިގެން ހިނގައްޖެ ކަމަށާއި އެގޮތުން މީގެ ކުރިން އާސަންދައިން ލިބެމުން އައި އެތައް ބޭހެއް މިހާރު ނުލިބި ހުއްޓިފައިވާ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖުތަކާއި ގުޅިގެން މުޒާހަރާގެ ބައިވެރިން ފުލުހަށް ހާޒިރު ކުރަމުން އެ ގެންދަނީ ޤާނޫނާއި ޚިލާފުވެގެން ނޫން ކަމަށާއި އެއީ އެމްޑީޕީ މުޒާހަރާގެ ސަބަބުން މި ސަރުކާރަށް އުނދަގުވާތީ ކަމަށެވެ. އަދި ސަރުކާރަށް އުނދަގޫވާ ހަމަ ކޮންމެ ފަހަރަކު ރައްޔިތުން ކުޑަގޮޅިއަށްލައި އަނދަގޮޑި ޖެހުމަކީ ކުރެވޭނޭ ކަމެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

- ކޮމެންޓް