ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 19:02
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ދާއިރާތަކުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދިޔަ އިރު ނަގާފައިވާ ފޮޓޯ އެއް
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ދާއިރާތަކުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދިޔަ އިރު ނަގާފައިވާ ފޮޓޯ އެއް
ރާއްޖެ އެމްވީ
ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ
ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ - ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ
ހޮނިހިރު ދުވަހު ބޭއްވި މި ބައި-އިލެކްޝަންތަކުގެ ފަސް ގޮނޑީގެ ތެރެއިން ދެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ ހޯމަ ދުވަހު އިޢުލާންކޮށްފިއެވެ.

ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް ނާދެއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންތަކަކީ މާލެ ސިޓި މޭޔަރުގެ ބައި-އިލެކްޝަނާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ ބައި- އިލެކްޝަންއެވެ. މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި- އިލެކްޝަން ވެސް ވަނީ ބާއްވާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި މި ބައި-އިލެކްޝަންތަކުގެ ފަސް ގޮނޑީގެ ތެރެއިން ދެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އަދި އެ އިންތިޚާބުގެ ތިން ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ކޮންގްރެސް ޕާޓީންނެވެ. އެގޮތުން މާލެ މޭޔަރު ގޮނޑިއާއި މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އަދި ކޮންގްރެސް ޕާޓީން ވަނީ މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

Advertisement

ދާއިމީ ނަތީޖާއިން ދައްކާ ގޮތުގައި މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން 7621 ވޯޓާއި އެކު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއެވެ. އެއީ އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 44.81 އިންސައްތައެވެ. މާލެ ސިޓީ މޭޔަރު އިންތިޚާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބު އިރު އޭގެ ތެރެއިން ވޯޓުލާފައިވަނީ 17،410 މީހުންނެވެ. އެއީ 31.84 އިންސައްތައެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކޮންގްރެސް ޕާޓީން ވާދަކުރައްވާފައިވާ ކެންޑިޑޭޓް ހަސަން ނިޡާމް ކާމިޔާބު ކުރައްވާފައި ވަނީ 383 ވޯޓާއިއެކުގައެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އަށް އެ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް އާމިނަތު ރިޝްފާ އަހުމަދު ވަނީ 411 ވޯޓުން ހޯއްދަވާ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. މީގެ އިތުރުން މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް އަހުމަދު ރިޝްވާން ރަޝީދު ކާމިޔާބު ކުރައްވާފައި ވަނީ 320 ވޯޓުންނެވެ.

މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ޒަޢީމާ ޢަބްދުއްރަޝީދު ވަނީ ކާމިޔާބުކުރައްވާފައެވެ/ 243 ވޯޓާއި އެކުގައެވެ. ހޮނިހިރު ދުވަހުގެ ބައި އިލެކްޝަންތަކުގައި ޖުމްލަ 56،002 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބުނެވެ. އޭގެ ތެރެއިން ވޯޓު ލާފައިވަނީ 32 އިންސައްތައެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ އެހެން ބައި އިލެކްޝަންތަކާ އަޅާބަލާއިރު ގޯސް އަދަދެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް