Advertisement
ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 16:58
އެމްޑީޕީގެ މެންބަރުންތަކެއް
އެމްޑީޕީގެ މެންބަރުންތަކެއް
އެމްޑީޕީ މަޖިލިސް
ޕްރައިމަރީއަކާއި ނުލާ އެމްޑީޕީގެ މަޖިލިސް ޓިކެޓް އިތުރު 10 ފަރާތަކަށް
44 ދާއިރާއަކުން ވަނީ ޕްރައިމަރީއާއި ނުލާ ޓިކެޓް ކާމިޔާބުކޮށްފައި
ޕްރައިމަރީ އޮންނާނީ 03 ފެބްރުއަރީ ގައި

ޕްރައިމަރީއަކާއި ނުލާ އެމްޑީޕީގެ މަޖިލިސް ޓިކެޓް އިތުރު 10 ފަރާތަކުން ކަށަވަރުކޮށްފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިސްއަށް ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން ޝައުޤުވެރިކަންފާޅުކުރި ފަރާތްތަކުގެ ތެރެއިން އިތުރު 10 ފަރާތަކަށް ޕްރައިމަރީއާއި ނުލާ ޓިކެޓް ކަށަވަރު ވެފައިވާ ކަމަށެވެ.

Advertisement

ޕްރިމަރީއަކާއި ނުލާ ޓިކެޓް ކަށަވަރުކޮށްފައިވާ ފަރާތްތައް:

ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބުނު ފަރާތްތައް - އެމްޑީޕީ

އިތުރު 10 ދާއިރާއަކަށް ޕްރައިމަރީއާއި ނުލާ ޓިކެޓް ކާމިޔާބުކޮށްފައިވާއިރު، މީގެ ކުރިން ވެސް 34 ދާއިރާއަކަށް ޕްރައިމަރީއާއި ނުލާ ޓިކެޓް ވަނީ ކަށަވަރުކޮށްފައެވެ. އެހެންކަމުން އެމްޑީޕީގެ ޕްރައިމަރީގައި 44 ދާއިރާއެއްގެ ޕްރައިމަރީ ނުބާއްވާނެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސްއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން، ޝައުޤުވެރިކަންފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއިއެކު މިހާރު ވަނީ އާންމުކޮށްފައެވެ. މިދާއިރާތަކުގެ ޕްރައިމަރީ އޮންނާނީ 03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުއެވެ. ކުރިން ޕްރައިމަރީ ބޭއްވުމަށް ނިންމީ މި މަހުގެ 26 އަދި 27 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް